Support Us

ވެކްސިނެއް ނުލިބެނީސް ކޮވިޑްގެ ކުރިން އުޅުނު ދިރިއުޅުމަކަށް ނުދާނެ: ޑރ. ޝީނާ

ކޮވިޑް19 ޖެހޭ މީހުންގެ އަދަދު ދަށް ވިނަމަވެސް އަދިވެސް ބަލީގެ ނުރައްކާ ކުޑަނުވާ ކަމަށާއި ވެކްސިނެއް ނުލިބެނީސް ކޮވިޑްގެ ކުރީގެ ދިރިއުޅުމަށް ނުދާނެ ކަމަށް ހެލްތް އެމެޖެންސީ ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ މޫސާ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން އަޅަން ފަށައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަހަލަ ކަންކަމަށް ހުއްދަ ލިބުނު ނަމަވެސް ކޮވިޑް19 އަށް ވެކްސިނެއް ލިބުމުގެ ކުރިން ކޮވިޑްގެ ކުރިން އުޅުނު ގޮތަށް ދެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ހަނދާންކޮށްލަން ޖެހޭނެ ކަމަކީ ކުރިއަށް އޮތް ތަނުގައި ކާފިއުއާއި ރެސްޓްރިކްޝަން އާއި އަދި އެހެން ބައެއް ކަހަލަ ހަރަކާތްތަކަށް ހުއްދަ ލިބުނު ކަމުގައި ވިޔަސް ކޮވިޑްގެ ކުރިން އުޅުނު ގޮތަކަށް ހިޔެއް ނުވޭ އަޅުގަނޑުމެންނަށް ދެވޭނެ ހެނެއް ވެކްސިން ލިބެންދެން. އެހެންވީމަ އަޅުގަނޑުމެން ނިއުނޯމަލްގައި މި ދަސްވި އާދަކާދަތައް އެބަޖެހޭކަންނޭނގެ ކުރިއަށް ހިފަހައްޓާލަން ވެކްސިނެއް ލިބެންދެން،" ޝީނާ ވިދާޅުވިއެވެ.

ޝީނާ ވިދާޅުވީ މި ސެޕްޓެމްބަރު މަހު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށަށް ދިއުމަކީ ރަނގަޅު ނިޝަނެއް ކަމަށެވެ. ނަމަވެސް އަދި ބަލި ކޮންޓްރޯލްވި ކަމަށް ނުބެލެވޭނެ ކަމަށާއި އެހެންކަމުން ކޮވިޑްއާ ގުޅިގެން އަޅަން ފަށައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުޔެއްދޭން އަދި ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕޮއިންޓަކީ އަދި ސޭފެއް ނޫނޭ، ނަމްބަރު މަދުވަނީ ޔޭސް އިޓްއާ ވެރީ ގުޑް ސައިން (ވަރަށް ރަނގަޅު ނިޝާނެއް) އަދި ވީއާ ނޮޓް ދެއާ ޔެޓް (އަދި އެ ހިސާބަކަށް ނުދޭ). އެހެންވީމަ ވިސްނާލައްވައިގެން އެޗްޕީއޭއާ އެކު ދުވަސްކޮޅަކު ހޭދަކޮށްލާދެއްވާށޭ (ބަލި) ރަނގަޅަށް ކޮންޓްރޯލަށް ގެނެސްލަން،" ސީނާ ވިދާޅުވި އެވެ.

ފާއިތުވި 24 ގަޑިއިރު މިބަލި ޖެހުނު 75 މީހުންނާ އެކު ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 10،014 އަށް އަރައިފަ އެވެ.

ކޮވިޑް19 ޖެހޭ މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ. ބަލި ފެތުރުން އިތުރުވުމާ ގުޅިގެން ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށައިފަ އެވެ. އެފިޔަވަޅުތަކާ އެކު މި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ފަހު ކޮޅުން ފެށިގެން ބަލިޖެހޭ މިންވަރު ވަނީ ދަށަށްދާން ފަށައިފައެވެ. ނަމަވެސް ބަލި އަދި ކޮންޓްރޯލް ނުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *