Support Us

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އިފްތިތާހު ކޮށްދެއްވައިފި

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންތިޒާމު ކޮށްގެން ޖުލައި 2-4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އަކީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރުގައި މަސައްކަތް ކުރާ މުހިއްމު ފަރާތްތައް، އެއް ތަނެއްގައި ބައްދަލުވެ މުއާމަލާތް ކުރުމަށް، ނުވަ އަހަރަށްފަހު ހިންގާ ޙަރަކާތެކެވެ.

"އެމްޕަވަރިން ސަސްޓެއިނަބަލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިޢާރުގެ ދަށުން ބާއްވާ މި އެކްސްޕޯގައި ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ޚިދުމަތްދޭ ފަރާތްތަކާއި ޤާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ މުހިންމު އިދާރާތަކުން ބައިވެރިވެއެވެ.

މި އިވެންޓުގެ ޒަރީއާއިން އާންމުންނަށް ރާއްޖޭގެ ފައިނޭންޝަލް ނިޒާމުގައި ބައިވެރިވާ މުހިންމު މުއައްސަސާތަކާ ސީދާ ގުޅި، އެ ފަރާތްތަކުގެ ޚިދުމަތާއި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯ ބައްލަވާލައްވައިފައެވެ.