މާލެއިން އަންހެނަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ފާޠިމަތު ނޫރާ، 32، ކަށިމާގެ، ޅ. ނައިފަރު ކަމަށެވެ.
"2026 މާރިޗު 4 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ފާޠިމަތު ނޫރާ ގެއިންބޭރަށް ދިޔަފަހުން ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މާރިޗު 4 ވަނަ ދުވަހުގެ ރޭ 12:19 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާ ގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވެއެވެ." ފުލުހުންގެ ބަޔާނެއްގައި ވެއެވެ.
"ފާޠިމަތު ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ."



advertisment