މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުވެއްޖެއެވެ.
ރާއްޖެއަށް އެންމެ ފުޅާކޮށް ތެޔޮ އެތެރެކުރާ އެސް.ޓީ.އޯ އިން ބުނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިން ބޮޑުވާނެ ކަމަށެވެ. މިގޮތުން ޕެޓްރޯލް ލިޓަރަކުން 2.51ރ. އަދި ޑީސަލް ލިޓަރަކުން 3.62ރ. ވަނީ ބޮޑުކޮށްފައެވެ.
ތެލުގެ އަގަށް އައި ބަދަލު:
- ޕެޓްރޯލް ލިޓަރެއް 16.01ރ. އަށް (ކުރިން 13.50ރ އަށް/ 2.51ރ.ގެ ބޮޑުވުމެއް)
- ޑީސަލް ލިޓަރެއް 17.54ރ. އަށް (ކުރިން 13.92ރ އަށް/ 3.62ރ.ގެ ބޮޑުވުމެއް)




advertisment

