ފެނުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ފެނަކައިން ކުރާ މަސައްކަތުގެ ތެރެއިން، ހއ. އިހަވަންދޫގައި އިތުރު އާރު.އޯ ޕްލާންޓެއްގެ ޚިދުމަތް ދޭން ފަށަފިއެވެ. މި އާރު.އޯ ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ފެން އުފެއްދުމުގެ ކެޕޭސިޓީ ހުރި ޕްލާންޓެކެވެ.
މީގެ ކުރިން އެ ރަށުގައި ފެނުގެ ޚިދުމަތް ދެމުން ގެންދިޔައީ 50 ޓަނުގެ ޕްލާންޓަކުން އެކަނި ކަމަށް ވުމުން، އަލަށް އިތުރުކުރި ކެޕޭސިޓީއާއެކު، ފެން އުފެއްދޭވަރު ދެގުނަ ކުރެވި، ދުވާލެއްގެ މައްޗަށް 100 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.
މިދިޔަ ހަފުތާގައި ބޭނުންކުރަން ފެށު މި އާރު.އޯ ޕްލާންޓާއެކު، އެ ރަށުގައި ބޭނުންވާ ޑިމާންޑަށް ފެން ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބި، ޚިދުމަތް ރަނގަޅުވެގެން ދާނެ ކަމަށް ފެނަކައިން ދެކެއެވެ.



advertisment

