ހއ. ދިއްދޫގައި އެއާޕޯޓު އެޅުމަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކަން، ހުސްވި ޖަނަވަރީގައި ފެށި ޕްރޮޖެކްޓް، 50 ދުވަހުގެ ތެރޭގައި މިއަދު ނިންމާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ހިންގި މި މަޝްރޫގެ ދަށުން ދިއްދޫ އެއާޕޯޓް ތަރައްޤީ ކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންވާ 112 ހެކްޓަރު ބިން ހިއްކީ ލެއިވް އެއިރިކްސަން ނަމަކަށް ކިޔާ، 223 ފޫޓުގެ ދިގު ޑްރެޖަރަކުންނެވެ. އެއީ ޔޫރަޕިއަން ޑްރެޖިން ކޮމްޕެނީން އޮޕަރޭޓްކުރާ ޑްރެޖަރެކެވެ.
ދިއްދޫ ބިންހިއްކައި އެއާޕޯޓް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދިއްދޫ ބިންހިއްކުން ކުރުކޮށް
- ޑްރެޖަރު ލެފުން: 3 ޖަނަވަރީ 2026
- ހިއްކަން ފެށުން: 4 ޖަނަވަރީ 2026
- ހިއްކައި ނިންމުން: 23 ފެބްރުވަރީ 2026
- ހިއްކަން ނެގި މުއްދަތު: 50 ދުވަސް
- ހިއްކި ބޮޑުމިން: 112 ހެކްޓަރު
- ހިއްކި ވޮލިއުމް: 5,492,089 ކޮޑިމީޓަރު




advertisment