އޮއިވަރު މެންޓަލް ހެލްތް ރިސަރޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބީ.އެމް.އެލް ހަމަޖައްސައިފިއެވެ.
އަންނަ މޭ މަހުގެ 16 އިން 17 އަށް ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑްގައި ބާއްވާ މި ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނާއި ދިރާސާވެރިން އަދި މި ދާއިރާގެ އެކިއެކި ފަރާތްތަކާއެކު ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި، މަޝްވަރާތައްކޮށް މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
"ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަމެއްދީ ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށާއި ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، މުޖުތަމައުތަކުގެ ދުޅަހެޔޮކަން ކުރިއެރުވުމަށްވެސް ބޭންކުން އިސްކަންދެއެވެ." ބީ.އެމް.އެލްގެ ބަޔާނެއްގައި ވެއެވެ.



advertisment

