Support Us

ކޮންމެ ހުކުރު ދުވަހަކުވެސް ތެލަސީމިއާ ސެންޓަރު ހުޅުވަން ނިންމަވައިފި

މިދިޔަ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ތެލަސީމިއާ ސެންޓަރުން ޚިދުމަތް ލިބެމުންދާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން، ތެލެސީމިއާ ސެންޓަރުގައި، ހުކުރު ދުވަހު ޚިދުމަތްދޭން ފެށިފައިވާކަން ފާހަގަކުރައްވައި، މިއަދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ، އެ މަރުކަޒުގެ 31 އަހަރުގެ ދިގު ތާރީޚުގައިވެސް، މީގެ ކުރިން، ރަސްމީ ސިފައެއްގައި ހުކުރު ދުވަހު ޚިދުމަތްދީފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު އެކަނިވެސް، އެ މަރުކަޒުން، 14 މީހަކަށް ލޭ އެޅުމުގެ ޚިދުމަތްދީ، ފަސް މީހަކު ލޭ ހަދިޔާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަސް ނިމުމުންވެސް، ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި އެ މަރުކަޒުގެ ޚިދުމަތް ލިބޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އިޞްލާޙީ ބަދަލުގެ ސަބަބުން، ހަފުތާ ބަންދުގައި އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ފަހިވެގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދުމަށް ހުރި ފުރުޞަތުތައް އިތުރުކޮށްދެއްވައި، މިހާރު ލިބެން ހުރި ޚިދުމަތްތައް ހަރުދަނާކުރައްވައި، ލުއި ގޮތްތައް ފަހިކޮށްދެއްވުމަކީ މި ސަރުކާރުގެ އިސް އަހުމިއްޔަތެކެވެ. އެގޮތުން ތެލެސީމިއާ ސެންޓަރުގެ ހިންގުމާއި ޚިދުމަތްތައް ހަރުދަނާކުރެއްވުމުގެ މަސައްކަތްތަކަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރައްވާ މަސައްކަތްތަކެއް ކަމުގައި ވަނީ ހަމަޖައްސަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *