Support Us

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބާލައި ބެހެއްޓުމަށް ޝެޑެއް ހަދައިފި

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ބާލައި ބެހެއްޓުމަށް މާލޭ ވިޔަފާރި ބަނދަރުގައި 3،000 އަކަފޫޓުގެ ޝެޑެއް ހަދައިފިއެވެ.

އެމް.ޕީ.އެލް އިން ބުނީ މި ޝެޑުގެ ސަބަބުން އިތުރު ޖާގައެއް ލިބި، މިފަދަ ތަކެތި ހަލުވިކަމާއެކު ކްލިއަރކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް މާލޭ ވިޔަފާރި ބަނދަރުން ގިނަ އަދަދެއްގެ މުދާ އެތެރެކުރެއެވެ. ވަކިން ޚާއްސަކޮށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވާކަން ފާހަގަކުރަމެވެ. މި އަހަރުގެ ރަމަޟާން މަހުވެސް ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރކުރެވޭނެ މަގު ފަހިކުރުމަށް މި ކުންފުނީގެ އޮޕަރޭޝަންސްގެ ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.

"އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ވަނީ މިހާރު ހަދައިފައެވެ. މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، މިފަދަ ހަލުވިކަމާއެކު ކްލިއަރކުރުމަށް މަގުފަހިވެގެންދާނެއެވެ."

މާލޭ ވިޔަފާރި ބަނދަރުން މިއަދު މެންދުރާ ހަމައަށް، 13،113 ޕެކޭޖްގެ ޕެރިޝަބަލް (އަވަހަށް ކުނިވާ ޒާތުގެ) މުދާ ވަނީ ކްލިއަރކޮށްފައެވެ. އެއީ ޖުމްލަ 480 ޓަނޭޖްގެ ޕެރިޝަބަލް މުދަލެވެ.

މާލޭ ވިޔަފާރި ބަނދަރުގައި މި ވަގުތު ޕެރިޝަބަލް މުދާ އުފުލާ ދެ ބޯޓެއް އެބައޮތެވެ. އެ ދެ ބޯޓުން މިއަދު މުދާ ހުސްކުރެވޭނެކަމަށް ލަފާކުރެވެއެވެ. އަދި މިރޭ 12 އާ ހަމައަށް ކްލިއަރކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ރަމަޟާން މަހު މާލޭ ވިޔަފާރި ބަނދަރުން މުދާ އަރުވާ ބޭލުމާއި، މުދާ ދޫކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ގަޑިތައްވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.

09:00 އިން 16:00 އަށް

21:00 އިން 01:30 އަށް

21:00 އިން 01:30 އަށް

ހޮނިހިރު – ބުރާސްފަތި

ދުވާލު

ރޭގަނޑު

ހުކުރު ބޯޓުފަހަރުން މުދާ އަރުވާ ބޭލުން:

09:00 އިން 16:00 އަށް

21:00 އިން 01:30 އަށް

21:00 އިން 01:30 އަށް

ހޮނިހިރު – ބުރާސްފަތި

ދުވާލު

ރޭގަނޑު

ހުކުރު ކޮންޓެއިނާ ޝިފްޓިންގ (މާލެ / ހުޅުމާލެ)

09:00 އިން 13:00 އަށް

21:00 އިން 22:30 އަށް

ބަންދު

ހޮނިހިރު – ބުރާސްފަތި

ދުވާލު

ރޭގަނޑު

ހުކުރު ކްލިއަރ ކުރުމަށް އެސައިން ކުރުން:

150 ޓީ.އީ.ޔޫސް

ބަންދު

100 ޓީ.އީ.ޔޫސް ހޮނިހިރު – ބުރާސްފަތި

ހުކުރު

ބައި ދުވަހަކަށް އާންމު ޚިދުމަތުގެ ދަށުން (Normal Shifting) ކްލިއަރކުރާ ސަރަޙައްދަށް ގެންދިއުމަށް ނޯޓުކޮށްދެވޭ ކޮންޓެއިނަރގެ އަދަދު:

ފެށޭ ގަޑި: ހެނދުނު 10:00

ނިމޭ ގަޑި: ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 09:00 ހޮނިހިރު – ބުރާސްފަތި އޮންލައިންކޮށް ޝިފްޓިން އަށް ރިކްއެސްޓް ކުރަން ފެށޭ ގަޑި އާއި ނިމޭ ގަޑި:

ނޯމަލް އެކްސްޕްރެސް: ރޭގަނޑު 20:30 އިން ޖެހިގެން އަންނަ ދުވަހުގެ 10:30 އަށް

ޑެއިލީ އެކްސްޕްރެސް: ހެނދުނު 09:15 އިން 13:00 އަށް

(މައިބަނދަރު ޕޯޓަލްގެ ތެރެއިން ހުޅުވާ ގޮތަށް) ހޮނިހިރު – ބުރާސްފަތި ޖެހިގެން އަންނަ ދުވަހުގެ އެކްސްޕްރެސް (ނޯމަލް އެކްސްޕްރެސް) އަދި ޑެއިލީ އެކްސްޕްރެސްއަށް ނޯޓް ކުރެވޭ ގަޑި: