ސ. ފޭދޫން ވަގަށް ނަގައިފައިވާ ވަޅޯމަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
އައްޑޫ ސިޓީ ޕޮލިސް އެފް.ބީގައި ވާ ޕޯސްޓެއްގައި ބުނީ މި ތަކެތި ފެނުނީ ގަން ޕޮލިސްގެ ފުލުހުން ފޭދޫން މިދިޔަ ހޯމަ ހިފެހެއްޓި މީހެއްގެ އަތުން ކަމަށެވެ. ނަމަވެސް އެ މީހާގެ ތަފްސީލެއް ނުދެއެވެ.
"މި ތަކެތީގެ ވެރިފަރާތުން ގަން ޕޮލިސްގެ ނަމްބަރު 125 އަށް ގުޅުއްވައި، މި ތަކެތި ގެންދެވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment