މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ފަސް ބިދޭސީއަކު ހައްޔަރުކޮށް، ޑީޕޯޓްކޮށްލަން ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ޖަނަވަރީ މަހުގެ ފަސް ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ނޭޕާލް ހަތަރު މީހަކާއި ބަންގާޅީއަކު ހައްޔަރުކޮށްފައިވަނީ މާލޭ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން
- ޑިއު ކުމަރް މެޔޮންގްބަ، 30، ނޭޕާލް
- ސުމަން އަދިކަރި، 26، ނޭޕާލް
- މޮޒައްމެލް، 43، ބަންގްލަދޭޝް
- ރާމްޖި ޕަރިޔަރް، 38، ނޭޕާލް
- ބިކްރަމް ނެޕަލި، 27، ނޭޕާލް
"މި އެންމެން ވެސް މިހާރުވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.



advertisment