މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލްގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސައިފިއެވެ.
މިއަދުން ފެށިގެން ޖަނަވަރީ އެކަކާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ފެސްޓިވަލަކީ ވިޒިޓް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން އިންތިޒާމުކުރާ ފެސްޓިވަލެކެވެ. މި ފެސްޓިވަލްގައި ދިވެހި ސަގާފަތާއި ކާބޯތަކެއްޗާއި އިޖުތިމާއީ ރޫހު ދައްކުވައިދޭ ސްޓޯލްތައް ހުންނާނެއެވެ.
"މި ފެސްޓިވަލަކީ ދިވެހި ފަތުރުވެރިކަމަށް ވޭތުވެދިޔަ އަހަރު ލިބުނު މުހިންމު ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. އެގޮތުން، މިއަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއި، ޖެހިޖެހިގެން ހަވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބު ރާއްޖެއަށް ލިބުން ފާހަގަކުރެވޭނެއެވެ." ބީއެމްއެލް އިން ބުނެއެވެ.
"ފެސްޓިވަލްގައި މުނިފޫހިފިލުވުމުގެ އެކި ޒޯންތައް ހުންނާނެއެވެ. މީގެ ތެރޭގައި އުޅަނދުފަހަރު ދައްކާލުމާއި، މޫދު ކުޅިވަރުގެ ހަރަކާތްތަކާއި، އާއިލާތަކަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. މީގެ އިތުރުން، ޑްރޯން ޝޯއަކާއި، އާ އަހަރުގެ ހަވާއެރުވުމުގެ އިތުރުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ރަސްމީ ކައުންޓްޑައުން ވެސް މި ފެސްޓިވަލްގައި ކުރިއަށްދާނެއެވެ."



advertisment

