Support Us

ޔައުގޫބްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲގެ މެމްބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅއިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ. ޔައުގޫބްގެ މެމްބަރު ކަމާ މެދު ސުވާލު އުފެދިފައި ވަނީ އިންސްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްގެ ކައުންސިލްގެ މެމްބަރުކަން ގަބޫލް ކުރެއްވުމާ ގުޅިގެންނެވެ.

ޔައުގޫބްގެ މެމްބަރު ކަމާ މެދު ސުވާލު އުފައްދަވައި، އެމައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ، ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ މުހައްމަދު ހަލީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ނިންމެވީ ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާތީ ކަމަށާއި އަންނަ ހަފްތާގައިއެ މަ އްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުގައި މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެންނުވާނެ އެވެ.

ހަލީމް ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ ދެ މެމްބަރެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ ދެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މިހާރުގެ ލީޑަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކުމުން އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ހުށަހެޅުއްވި މައްސަލަ އެކެވެ. އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ވަނީ 2013 ވަނަ އަހަރު އެ ދެމެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައިފަ އެވެ.

ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑިއާމެދު ސުވާލުއުފައްދަން ފެށުމާ އެކު އޭނާ މިހާރު ވަނީ އިންސްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސްގެ ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *