Support Us

ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ ޚާއްސަ ސެމިނާރެއް ކުރިއަށްދަނީ

ސިގްނޭޗަރ ރިސަރޗް ސްކޮލާޝިޕްގެ ބައިވެރިންނަށް ޚާއްސަކޮށްގެން، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމާ ބެހޭ ދެ ދުވަހުގެ ސެމިނާރުގެ ދެވަނަ ވޯކްޝޮޕް މިއަދު ފަށައިފިއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހިންގާ މި ސެމިނާރުގެ ދެވަނަ ބައި މިއަދު ކުރިއަށްދާއިރު، ފުރަތަމަ ބައި ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ޖުމްލަ 50 ބައިވެރިންނާއެކު ކުރިއަށްދާ މި ސެމިނާ ވޯކްޝޮޕަކީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި، ޗައިނާގެ ޖިއާއޮ ތޮން ޔުނިވަރސިޓީ އަދި އޮސްޓްރޭލިއާގެ އާރ.އެމް.އައި.ޓީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ސެމިނާރުގައި މަޢުލޫމާތު ދެއްވަނީ ބޭރުގެ މި ދެ ޔުނިވަރސިޓީގެ ކަމާބެހޭ ދާއިރާތަކުގެ ތަޖުރިބާކާރު ޕްރޮފެސަރުންނެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ "2.0″ގެ ދަށުން ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓައިޒުކުރެވޭ އިރު، ދިވެހި ތަރިކައިގެ ދާއިރާ ޑިޖިޓައިޒޭޝަނަށް ހިރުޖަކުރުމަށް މަގުފަހިކުރުމަށް ޓަކައި، ހިންގޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ބުނެއެވެ.

"މި ސެމިނާރުގެ މައިގަނޑު މަޤްސަދަކީ، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ސްކޮލާޝިޕްގެ ބައިވެރިންނާއި ތަރިކައިގެ ދާއިރާގެ މުވައްޒަފުންނަށް، ތަރިކައިގެ ދާއިރާ ޑިޖިޓައިޒްކުރުމުގެ އެންމެ ފަހުގެ ހުނަރުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ދިވެހި ތަރިކަ ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް އޭގެ ފައިދާ ލިބިގެންދާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *