Support Us

ދަރަވަންދޫ އެއާޕޯޓު ޓާމިނަލް ތަރައްގީކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމެއްގައި ސޮއިކޮށްފި

ބ. ދަރަވަންދޫ އެއާޕޯޓު ޓާމިނަލް ތަރައްގީކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނާއި ޑިޒައިން އަދި ކޮންސަލްޓެންސީ ހިދުމަތް ދޭ އެޕޯޗް އެސޯސިއޭޓްސް ޕްރައިވެޓު ލިމިޓެޑާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލްގައި ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުމާއި އާ ޓާމިނަލް އިމާރާތުގެ ޑިޒައިން އެކުލަވައިލުން ހިމެނެއެވެ. މީގެ ތެރޭގައި، ފަސިންޖަރުންގެ އެރައިވަލް އަށް ހާއްސަކުރެވިފައިވާ ސަރަހައްދުތައް ފުޅާކުރުމާއި، ޗެކް-އިން އަދި ބެގޭޖް ހެންޑްލިންގެ ނިޒާމް ހަރުދަނާކުރުމާއި، އެއާޕޯޓު އެތެރެ އަލުން ތަރުތީބުކުރުމާއި، އެއާޕޯޓުގެ އެތެރޭގެ ފިނިޝިން މަސައްކަތްތައް އާކުރުމާއި، ފަސިންޖަރުންނަށް އިތުރު ހިދުމަތްތައް ތައާރަފްކުރުން ހިމެނެއެވެ. އަދި އާ ޓާމިނަލްގެ ޑިޒައިންގައި، ފަސިންޖަރ ލައުންޖެއް، އިތުރު ޑިޕާޗަރ ގޭޓްތަކެއް، އޮޕަރޭޝަނަލް އަދި ސަޕޯޓް ހިދުމަތްތަކަށް ހާއްސަ ބައިތަކެއް، ބޭބީ ކެއަރ ފެސިލިޓީއާއި އައުޓްޑޯރ އޭރިއާތައް އަދި ބޭރުގެ ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކުރުންވެސް ހިމެނެއެވެ.

ދަރަވަންދޫ އެއާޕޯޓަކީ ބ. އަތޮޅަށް ދަތުރުކުރާ މީހުންނަށް މުހިންމު، މެދުކެނޑުމެއް ނެތި ހިދުމަތްދޭ، ދަތުރުފަތުރުގެ ބަނދަރެކެވެ. ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ކޮންމެ ދުވަހަކު ޝެޑިއުލް ދަތުރުތައް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަރަވަންދުއަށް ބާއްވައެވެ. މި އުދުހުންތައް ދަރަވަންދޫ އެއާޕޯޓުން، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި އެހެނިހެން އެއަރޕޯޓްތަކާވެސް ގުޅުވައިލަދެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނާގޮތުގައި، ފަސިންޖަރުންގެ ފަސޭހައަށް ކުރަންޖެހޭ އޮޕަރޭޝަނަލް ބޭނުންތައް އިތުރުވަމުން އަންނާތީ، ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަކީ ދެމެހެއްޓެނެވި، ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ފަސިންޖަރުންގެ ދަތުރުގެ ތަޖުރިބާ ރަނގަޅުވެ، އެއާޕޯޓުގެ ކަންކަން ހިނގާ ފެންވަރު އިތުރަށް ހަރުދަނާވެ، ދަރަވަންދޫ އެއާޕޯޓުން ކުރެވޭ ތަޖުރިބާ މައްޗަށްދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ޔަގީންކަން ދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *