ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް، މާލެއިން ޖިއްދާއަށް ސީދާ ދަތުރުތަކެއް ކުރަން މޯލްޑިވިއަން އިން ނިންމައިފިއެވެ. ގައުމީ އެއަރލައިން އިން ބުނީ މި ދަތުރުތަކަކީ ޗުއްޓީތެރޭގައި އުމްރާގެ އަޅުކަމަށް ދިއުމަށް ރާވައިފައިވާ ދިވެހިންނަށް ފަސޭހަތަކެއް ލިބޭނޭ ދަތުރުތަކެއް ކަމަށެވެ.
މޯލްޑިވިއަންއިން މާލެއިން ޖިއްދާއަށް ކުރާ ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ ޑިސެމްބަރު 27 އަދި 28 ގައެވެ. ޖިއްދާއިން މާލެއަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 10، 11 އަދި 12 ގައެވެ.
މިގޮތަށް ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ ދަތުރުވެރިންނަށް އުމްރާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ލިބޭނޭގޮތަށެވެ.
މި ދަތުރުތަކުގެ ދެކޮޅުއަގު ފެށެނީ 750 އެމެރިކާ ޑޮލަރުންނެވެ. މި ޓިކެޓުގައި ކޮންމެ ދަތުރުވެރިޔަކަށް 45 ކިލޯގެ ބަގޭޖް އެލަވަންސެއް ހިމެނި، ޒަމްޒަމް ފެން ފަދަ ގެނައުން ހުއްދަ ތަކެތި ހިފައިގެން އެނބުރި އައުމަށް ވެސް ފުރުސަތު ލިބޭނެއެވެ.




advertisment

