ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުން އަންނަ އަހަރު ޢުމްރާއަށް ދާން ރަޖިސްޓްރީކުރާ ގްރޫޕްތަކަށް ޚާއްސަ ޑިސްކައުންޓެއް ދޭން ހަމަޖައްސައިފިއެވެ.
އެ ޖަމާއަތުން މިހާރު ވަނީ އަންނަ އަހަރުގެ ޢުމްރާ ދަތުރުތަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. މިގޮތުން ރަމަޟާން މަސް ހިމެނޭހެން އަންނަ އަހަރު ހަ މަހެއްގައި ޢުމްރާ ދަތުރުތައް ބޭއްވުމަށް ޤިބްލަ ގްރޫޕުން ވަނީ ނިންމައިފައެވެ.
އަންނަ އަހަރުގެ ޢުމްރާ ދަތުރުތަކުގެ ތަފްސީލް:
- ޖަނަވަރީ ދަތުރު: 9 ޖަނަވަރީ އިން 23 ޖަނަވަރީ އަށް
- ރަމަޟާން ކުރި ދަތުރު: 13 ފެބްރުއަރީ އިން 27 ފެބްރުއަރީ އަށް
- މުޅި ރަމަޟާން ދަތުރު: 18 ފެބްރުއަރީ އިން 27 މާރޗް އަށް
- ރަމަޟާން މަހުގެ ފަހު 15 ދަތުރު: 3 މާރޗް އިން 27 މާޗް އަށް
- ޖުލައި ދަތުރު: 17 ޖުލައި އިން 31 ޖުލައި އަށް
- ސެޕްޓެމްބަރ ދަތުރު: 11 ސެޕްޓެމްބަރ އިން 25 ސެޕްޓެމްބަރ އަށް
- ޑިސެމްބަރ ދަތުރު: 18 ޑިސެމްބަރ އިން 01 ޖަނަވަރީ އަށް
އެ ކުންފުނިން ބުނީ ޢުމްރާ ދަތުރުތަކުގައި ރަޖިސްޓްރީކުރާ ގްރޫޕްތަކަށް ވަރަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ. އަދި މި ޑިސްކައުންޓްތައް އަންނަ އަހަރުގެ ހުރިހައި ދަތުރުތަކަކުންވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕަކީ 2019 ވަނަ އަހަރުން ފެށިގެން ޢުމްރާއަށް މީހުން ގެންދަމުން އަންނަ ކުންފުންޏެކެވެ. ފާއިތުވި ހަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދައިފައެވެ.
"ކުންފުންޏާއެކު ޢުމްރާއަށްދާ މީހުން ބުނާގޮތުން ޢުމްރާ ދަތުރުތަކުގެ އިންތިޒާމްތައް ހަމަޖައްސައިފައި ވަނީ ވަރަށް ފުރިހަމައަށެވެ. ދީނީ ގިނަ މައުލޫމާތުތަކެއް ކުންފުނިން ފޯރުކޮށްދެމުން އާދެއެވެ. ޢުމްރާ ދަތުތައް ތައްޔާރުވާން ފެށުމާ ހަމައިން ދަތުރުގެ ތެރެއިން އަދި ދަތުރު ނިމި އެނބުރި ޤައުމަށް އަންނަންދެން ވެސް ޓީމުގެ ފަރާތުން ވަރަށް ގާތުން އަޅުކަމާ ގުޅޭ އެންމެ ފުރިހަމަ މައުލޫމާތުތައް ފޯރުކޮށްދެމުންދެއެވެ. އަދި ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޓީމަކީ ޒުވާން އަދި އެންމެންނާވެސް ގުޅޭ ޓީމެއް ކަމަށް ޢުމްރާއަށްދާ ފަރާތްތަކުން ދަތުރުގެ ތެރެއިންނާއި އަދި ދަތުރުން އެނބުރި އައިސް ދޭ ރިވިއުތަކުން ހާމަވެއެވެ." ގްރޫޕުގެ ބަޔާނެއްގައި ބުނެއެވެ.
"ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ އަމާޒަކީ ޢުމްރާއަށް ދާ ފަރާތްތަކަށް ފުރިހަމައަށް އަޅުކަން އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ. ދަތުރުތަކުގައި ދީނީ ގިނަ މައުލޫމާތުތަކެއް ދެމުން އަންނައިރު ކެއުންތައްވެސް އިންތިޒާމްކޮށްފައި ހުންނާނީ ދިވެހިންނާ ގުޅޭ ގޮތަށް، ދިވެހި ރަހަތަކާ އެކުގައެވެ."




advertisment
