މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށް މާލޭގެ ބައެއް ސަރަޙައްދުން މިއަދު މެންދުރުފަހު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަނޑި ދޮންމަނިކު ގޯޅި، މުޙައްމަދު އިސްމާއިލް ދީދީ ގޯޅި، ޙުސައިނީ ގޯޅި އަދި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 2:00 އާއި 4:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެކަމުން ދިމާވެދާނެ ދައްޗަކަށް މާފަށް އެދޭ ކަމަށެވެ.




advertisment

