Support Us

ސިންގަޕޫރުގެ ފަސްޓް ލޭޑީ ދެއްވި ޚާއްޞަ ސައިފޮދެއްގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

ސިންގަޕޫރުގެ ފަސްޓް ލޭޑީ ޖޭން އިއްތޯގީ ޝަންމުގަރަތުނަމް، އިންތިޒާމުކުރެއްވި ޚާއްސަ ސައިފޮދެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

‎މި ސައިފޮދު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

‎މި ބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ ދިވެހި ވަފުދަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ސިންގަޕޫރުގެ ފަސްޓް ލޭޑީ އަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން، އަދާކުރައްވަމުން ގެންދަވާ އެކި މަސްއޫލިއްޔަތުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ތަފާތު ތަޖުރިބާތަކާއި ޚިޔާލުފުޅުތައް ހިއްސާކުރައްވައި، މަޝްވަރާ ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް