Support Us

ކޮލަމް ކޯދު: ހަނުހުރުމާ މެދު ބުނެފައި ހުރި ވާހަކަކޮޅެއް

ތިރީގައި މިވަނީ ހަނުހުރުމާ ބެހޭގޮތުން މީސްމީހުން ބުނެފައި ހުރި ބުއްދިވެރި ވާހަކަކޮޅެކެވެ.

1. ހަނުހުރުން ގިނަކުރި ވަރަކަށް ގިނަ އެއްޗެހި އިވި، އެނގުން އިތުރުވާނެއެވެ.

2. ހަނުހުރުމަކީ ވަރަށް ވެސް ތެދުވެރި ވަފާތެރިއެކެވެ. އުއްމީދު ގެއްލުވާލައި ޚިޔާނަތްތެރިއެއް ނުވާނެއެވެ.

3. ހަނުހުރުމަކީ ހިކުމަތްތެރިކަން އުފަންކުރުވާ ނިންޖެވެ.

4. ހަނުހުރުމަކީ ނުރުހިއްޖެކަން ފާޅުކުރުމުގެ ވަރަށް ވެސް ބާރުގަދަ ވަސީލަތެކެވެ.

5. ވައުދަކާ ޚިލާފުވިޔަސް، އެއާ މެދު ކޮންމެ ފަހަރަކު އެއްޗެއް ބުނާކަށް ނުޖެހެއެވެ. ހަނުހުރެ އެކަމުން ފިލާވަޅު ލިބިގަތުން ބުއްދިވެރިއެވެ.

6. އިންސާނާގެ ހިތަކީ ބަދަލުވެ ބަދަލުވެ ހުންނަ އެއްޗެކެވެ. އެހެންވެ، އެ ހިތް ބަދަލުވާ ކޮންމެ ފަހަރަކު އެއްޗެއް ބުނާކަށް ނުޖެހެއެވެ. އެފަދަ ހާލަތްތަކުގައި ހަނުހުރުން ބުއްދިވެރިވާ ފަހަރު ފަހަރު ވެސް އާދެއެވެ.

7. ކަލޭގެ ހަނުހުރުމުގެ މާނަ ނުވިސްނޭ މީހަކަށް ކަލޭ ބުނާ ބަހުގެ މާނަ ވެސް އޮންނާނީ ނުވިސްނިފައެވެ.

8. ކަލޭގެ ހަނުހުރުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ހާލަތެއްގައި މެނުވީ ކަލޭގެ ހަނުހުރުން ނަގާނުލާށެވެ.

9. ބުނާ ބަހަކުން ހިތުގައި ކަށިޖަހައި ހިތް ޒަޚަމްކޮށްލަފާނެއެވެ. ނަމަވެސް، ހަނުހުރުން ހިތް އެއްކޮށް ހަލާކުކޮށްލައި ކުދިކުދިކޮށްލައެވެ.

10. ލޯތްބެއް ފާޅުކުރެވޭ އެންމެ އިޚުލާސްތެރި ގޮތަކީ ހަނުހުރެއެވެ. އަތާއަތް ޖޯޑުކޮށް، މޫނަށް ނަޒަރު ހުއްޓާލައިގެން ތިބެއެވެ.