Support Us

މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ފައްޓަވައިދެއްވައިފި

މ. މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢު ފައްޓަވައިދެއްވީ މިއަދު މުލީގައި އެކަމަށްޓަކައި ޚާއްޞަކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

‎މުލި–ނާލާފުށި ކޯޒްވޭ ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 600 ދުވަސް ތެރޭގައެވެ.

މުލި-ނާލާފުށި ކޯޒްވޭ އަކީ 565 މީޓަރުގެ ކޯޒްވޭއެކެވެ. މި މަޝްރޫޢު ނިމެގެންދާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުންވެސް ހިމެނެއެވެ.

‎މުލި އަދި ނާލާފުށި ގުޅާލުމުން މަރުކަޒީކޮށް ޚިދުމަތްތައްދީ، ވަޞީލަތްތައް ޙިއްޞާކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި މީގެ ސަބަބުން ދެރަށް އެއްކޮށް އިޤްތިޞާދީ ގޮތުން ކުރިއެރުވުމަށްވެސް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން ދެ ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިވެ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްވެސް ފަސޭހަވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *