ކޮވިޑް19 އަށް މިއަދު 141 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗް.ޕީ.އޭ އިން ބުނީ ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި 141 މީހުންގެ ތެރޭގައި ހިމެނެނީ 98 ދިވެހިންނާއީ 43 ބިދޭސީން ކަމަށެވެ.
ކޮވިޑް19 ރާއްޖެއިން 8281 މީހުންނަށް ޖެހިފައިވާއިރު 2763 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 157 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1304 މީހަކު އެބަތިއްބެވެ. މިބަލި ޖެހިގެން މިހާތަނަށް 5483 މީހުން ވަނީ ރަނގަޅުވެފައެވެ. ކޮވިޑްގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 29 އަށް އަރައިފައެވެ.
މި ސެޕްޓެމްބަރު މަހު ދުވާލެއްގެ މައްޗަށް 105 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެ ކަަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮށްފައިވާ ދިރާސާއަކުން ވަނީ ދައްކައިފައެވެ. އެ ސެންޓަރުން އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް މި މަހު ވަނީ ޕޮޒިޓިވްވެފައެވެ.
މިބަލި އެންމެ ގިނައިން ޖެހޭނެ ކަމަށް އެ ސެންޓަރުގެ ދިރާސާއިން ދައްކާފައި ވަނީ ހުސްވި އޮގަސްޓް މަހުއެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި ހުސްވި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.



advertisment