ކޮވިޑް19 އަށް މިއަދު 137 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 137 މީހުންގެ ތެރެއިން 129 މީހުންނަކީ މާލޭ ސިޓީން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަތޮޅުތަކުން ޕޮޒިޓިވްވީ އަށް މީހުން ކަމަށެވެ.
ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ 137 މީހުންގެ ތެރޭގައި ހިމެނެނީ 96 ދިވެހިންނާއި ބަންގްލަދޭޝްގެ 25 މީހުންނާއި އިންޑިއާގެ ނުވަ މީހުންނާއި ސްރީލަންކާގެ ދެ މީހުންނާއި ނޭޕާލްގެ ދެ މީހުންނާއި ފިލިޕީންސްގެ މީހަކާއި ރަޝިއާ މީހެއްގެ އިތުރުން ގާނާގެ މީހެކެވެ.
ކޮވިޑް19 ރާއްޖެއިން 7804 މީހުންނަށް ޖެހިފައިވާއިރު 2615 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 172 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1451 މީހަކު އެބަތިއްބެވެ. މިބަލި ޖެހިގެން މިހާތަނަށް 5155 މީހުން ވަނީ ރަނގަޅުވެފަ އެވެ. ކޮވިޑްގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.
ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް މި އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.



advertisment