ތިރީގައި މިވަނީ ލޯތްބާއި ރުޅީގެ ގުޅުމާ މެދު މީސްމީހުން ބުނެފައި ހުރި ބައެއް ވާހަކަތަކެވެ.
1. "ބައެއް ފަހަރުފަހަރު ކަލާ ދެކެ ވަރަށް ރުޅިއާދެވެއެވެ. އެއީ އަހަރެން ކަލާ ދެކެ ލޯބިވާ މިންވަރު ކަލާއަށް ވަޒަން ނުކުރެވޭތީއެވެ. އެހެން ނަމަ، ކަލާގެ އިންތިޒާރުގައި އެހާ ގިނަ އިރު ވަންދެން އަހަރެން ނުބެހެއްޓީހެވެ!"
2. "މީހަކު ދެކެ އެއްގޮތަކަށް ވެސް ރުޅިނައިސް، އެމީހަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ."
3. "ލޯބިވެދިޔުމަށްޓަކައި ހިތަށް ސަބަބުތަކެއް ވެއެވެ. ސަބަބަށް ވެސް އެއީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ!"
4. "ހަގީގީ ލޯބީގެ މަގު އޮންނަނީ އަމާން އޮމާން ގޮތެއްގައެއް ނޫނެވެ."
5. "ލޯތްބަކީ ފުން މާނޭވާތަކުން އުފެދޭ ދުމެކެވެ. ލޯތްބާއި ރުޅިއާ ދެމެދުގައި ގާތްތިމާގެ ކަމެއް އޮވެއެވެ. މާ ބޮޑަށް ލޯބިވުމުގެ ސަބަބުން އުފެދޭ ރުޅި، ހިތް އަންދާލައެވެ."
6. "ލޯތްބާއި ރުޅިއަކީ ފައިސާ ފޮއްޗެއްގެ ދެ ފަރާތެވެ. ލޯތްބަކީ ހިތް އަންދާލާ އަލިފާންގަނޑުގެ ދަރެވެ. ރުޅިއަކީ އެ އަލިފާންގަނޑު ރޯކޮށްލާ އަލިފާން ދަނޑިއެވެ."
7. "ލޯބީގައި ރުޅި ވެސް އޮވެއެވެ. ނަމަވެސް، ހަނދާންކޮށްލަން ޖެހެނީ، ލޯބީގެ އަލިފާންގަނޑު ރޯކޮށް ދަމަހައްޓަނީ ރުޅިއެވެ!"
8. ލޯތްބަކީ ކަނޑު ފަދަ އެއްޗެކެވެ. މަޑުމަޑުން އޮވެފައި ގަދަފަދަ ރުޅިވެރިކަމުގެ ރާޅުތައް އުފައްދައި ހާޖާނުވެދެއެވެ.
9. "ކަލާ ތީ އަހަރެންގެ އިރާއި ހަނދާއި އަދި ތަރިތަކަށް ވެސް ވެދާނެއެވެ. ނަމަވެސް، ޝައްކެއް ނެތް ގޮތުގައި ބައެއް ފަހަރު ކަލާ އަހަރެން މޮޔަވާ ވަރަށް ރުޅި އަރުވާލައެވެ."
10. "ލޯބިވެވުން ބުނެ އަންގައިދެނީ ހަލާކުވެދާނޭ، ނުވަތަ އެހެން ހިތެއް ހަލާކުކޮށްލާފާނޭ ފަދަ، ހިތެއް ލިބިއްޖެ ކަމެވެ."
