Support Us

އަތޮޅު ފެރީތައް ލަފައިފުރުމަށް ދެ ފެރީ ޓާމިނަލް ހިމެނޭ ފަޅު

މާލެ އާއި އަތޮޅުތަކާ ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާރމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގެ ފަޅު ބޭނުން ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީސީސީން ބުނީ ރަށްރަށުން މާލެ އަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ހުޅުވާލާ ދެ ސަރަހައްދު ބޭނުންކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރީން އެ ކުންފުނީގެ އީމެއިލް އެޑްރެސް tsd@mtcc.com.mv އަށް މެއިލްކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ.

މި ބަދަލަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގެންނަން ނިންމި ބަދަލެއް ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

މާލެ އާއި އަތޮޅުތަކާ ދެމެދު ދަތުރުކުރާ ލޯންޗް ފެރީތައް ލަފައި ފުރުމަށް ޓާމިނަލެއް ނެތުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިހާރު ލޯންޗު ފެރީތައް ލަފައިފުރަނީ ތޮއްޖެހިފައިވާ އެމްއެމްއޭ ސަރަހައްދުންނާއި ބޭންކު އޮފް މޯލްޑިވްސް ކުރިމަތީންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *