Support Us

ހިތަދޫ ޕޯޓުގައި މުދާ ބޭލުމުގެ މަސައްކަތް ކުރިއަށްދަނީ

އެމް.ޕީ.އެލްގެ އޮކްޝަން ޕޯޓަލުން، ހިތަދޫ ޕޯޓުގެ ނީލަންތަކުގައިވެސް ބައިވެރިވެވޭ ގޮތް ހަދައިފި

އެމް.ޕީ.އެލްގެ އޮކްޝަން ޕޯޓަލުން، ހިތަދޫ ޕޯޓުގެ ނީލަންތަކުގައިވެސް ބައިވެރިވެވޭ ޚިދުމަތް ތައާރަފްކޮށްފިއެވެ.

އެމް.ޕީ.އެލުން ބުނާ ގޮތުގައި އެ ކުންފުނިން 2022 ގައި ތައާރަފުކުރި އޯކްޝަން ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، އިތުރު އެއްވެސް ފީއެއް އަދި ރަޖިސްޓްރޭޝަނަކާ ނުލައި ހިތަދޫ ޕޯޓުން ހުޅުވާލާ ނީލަންތަކުގައި ވެސް ބައިވެރިވުމުގެ ޚިދުމަތް މިހާރު ލިބިގެންދާނެއެވެ. އަދި އެއް ވަގުތެއްގައި ތަފާތު ނީލަންތަކުގައި އެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

އެމް.ޕީ.އެލްގެ އޮކްޝަން ޕޯޓަލަކީ މާލޭ ވިޔަފާރި ބަނދަރަށް ގެނެސް، ގިނަ ދުވަސްވަންދެން ކްލިއަރނުކޮށް ހުންނަ މުދާ ވިއްކާލަން ބާއްވާ ނީލަންތަކުގައި ވީހާވެސް ގިނަ ބަޔަކަށް ލުއި ފަސޭހަގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ޚިދުމަތެކެވެ. އޯކްޝަން ޕޯޓަލްގައި މީގެ ކުރިން ބައިވެރިވެވެނީ މާލޭ ވިޔަފާރި ބަނދަރުގެ ނީލަންތަކުގައި އެކަންޏެވެ.

"އެކަމަކު ހިތަދޫ ޕޯޓްގެ ނީލަންތައް އޮކްޝަން ޕޯޓަލްއަށް އިތުރުކުރުމުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ހިތަދޫ ޕޯޓްގެ ނީލަންތަކުގައި ބައިވެރިވެވޭނެއެވެ. ހިތަދޫ ޕޯޓުގައި ހުންނަ މުދާތަށް ގަތުމަށް ނީލަމުގައި އޮންލައިންކޮށް ބައިވެރިވެ، ބިޑްކޮށް ފައިސާވެސް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނީލަމުގައި ބައިވެރިވާ ފަރާތެއް އެފަރާތުން ގަންނަން ބޭނުންވާ މުދަލުގެ ހުރިހާ މަޢުލޫމާތެއް ޕޯޓަލް މެދުވެރިކޮށް ލިބޭނެ އެވެ. ހިތަދޫ ޕޯޓަށް ގެންނަ މުދަލުގެ ތެރެއިން އާންމުގޮތެއްގައި ކްލިއަރނުކޮށް ގިނަ ދުވަސްވެގެން ނީލަމުގައި ވިއްލާލަނީ މޮޓޯރ ވެހިކަލްތަކެވެ." އެމް.ޕީ.އެލުން ބުނެއެވެ.

"ކުރިއަތް އޮތްތަނުގައި ކުޅުދުއްފުށީ ޕޯޓުގެ ނީލަމުގެ ޚިދުމަތް ވެސް އޮކްޝަން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ ޚިދުމަތް ތައާރަފްކުރުމަކީ އެމް.ޕީ.އެލްގެ ވިސްނުމެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *