ވާހަކަދެއްކުންތެރިކަމަކީ، ޤަރުނުތަކެއް ވަންދެން މުވާޞަލާތުގެ މައިގަނޑު ބިންގަލެއްގެ ގޮތުގައި އޮތް ކަމެކެވެ. ޒަމާންވީ ގްރީސްގެ މަޝްހޫރު ތަޤްރީރުތަކުން ފެށިގެން މިޒަމާނުގެ ސިޔާސީ ލީޑަރުންގެ ހިތްގައިމު ވާހަކަތަކާ ހަމައަށް، ޖަމާޢަތަކަށް ވާހަކަދެއްކުމުގެ ފަންނު އަންނަނީ އަބަދުވެސް ކުރިއަރަމުންނެވެ. އެކާވީސް ވަނަ ޤަރުނުގައި ވާހަކަދެއްކުންތެރިކަމުގެ ފަންނަށް ދިމާވަނީ އައު ފުރުޞަތުތަކާއި ގޮންޖެހުންތަކެވެ. މިކަން މިހެން ވަނީ ގިނަ ފަހަރަށް ފަންނިއްޔާތުގެ ކުރިއެރުންތަކާއި، ޘަޤާފީ ބަދަލުތަކާއި، ދުނިޔޭގެ މުޖުތަމަޢުތަކުގެ ގުޅުން ބޮޑުވަމުން އަންނަ އައުމުގެ ސަބަބުންނެވެ. މި މަޒުމޫނުގައި ބަލައިލާނީ 21ވަނަ ޤަރުނުގައި ވާހަކަދެއްކުންތެރިކަން ތަރައްޤީވެފައިވާ ގޮތާއި، ފަންނިއްޔާތުގެ ނުފޫޒާއި، އަޑުއަހާ ފަރާތްތަކުގެ އުންމީދުތަކަށް އައިސްފައިވާ ބަދަލުތަކާއި، އަދި މިއަދުގެ ބަދަލުވަމުން އަންނަ މާޙައުލުގައި އޮތް އެންމެ ފައިދާ ހުރި މުވާޞަލާތުގެ އިސްތިރާޖީތަކާ ބެހޭ ގޮތުންނެވެ.
ވާހަކަދެއްކުންތެރިކަމުގައި ފަންނިއްޔާތުގެ ދައުރު
އެކާވީސް ވަނަ ޤަރުނުގެ ވާހަކަދެއްކުންތެރިމަށް އައި އެންމެ މުހިންމު އެއް ބަދަލަކީ ފަންނިއްޔާތުގެ ނުފޫޒެވެ. މީސް މީޑިއާ، ވީޑިއޯ ކޮންފަރެންސިންގ ޓޫލްސް، އަދި އޮންލައިން މައުލޫމާތު ހިއްސާކުރާ މަންސަތައް ފަދަ ސުމޭކު މުވާޞަލާތީ ވަސީލަތްތަކުގެ ކުރިއެރުމާއެކު ވާަކަދެއްކުންތެރިކަމުގެ ފަންނުގެ ދާއިރާ ފުޅާވެ، ވާހަކަދައްކާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޑުއެހުންތެރިންނާ ވަގުތުން ގުޅުވައިދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އޯޑިޓޯރިއަމްތަކާއި މަހާސިންތާ މާލަންތައް ފަދަ އާދަވެފައިވާ ވާހަކަދެއްކުންތެރިކަން ހުށަހަޅާ ތަންތަނަކީ މިހާރު ނުފޫޒު ގަދަ ތަޤްރީރުތައް ކުރަން ހަމައެކަނި ހުރި ތަންތަނެއް ނޫނެވެ.
ޔޫޓިއުބާއި ޓެޑް ޓޯކްސް ފަދަ ވީޑިއޯ މަންސަތައް ބޭނުންކުރުން އިތުރުވުމާ އެކު، ވާހަކަދެއްކުންތެރިކަން އާންމުވެ، އެކި ފަންތީގެ މީހުންނަށް އެމީހުންގެ ޚިޔާލުތައް ދުނިޔެއާ ހިއްސާކުރުމުގެ ފުރުޞަތު ވަނީ މިއަދު ވަނީ ފަހިވެފައެވެ ޕޮޑް ކާސްޓްތަކާއި، ވެބިނާރުތަކާއި، އަދި ދާދިވަރު އިވެންޓްތައް އިތުރުވުމުން ތަޤްރީރުތަކަށް ވާޞިލުވުމާއި އޭގެ ފޯރުން އިތުރަށް ފުޅާވެއެވެ. އ އެންޑަރސަން، ޖޭ. ކިއު، އަދި ރެއިނީ، އެލް (2012) ކުރެއްވި ދިރާސާއެއްގައި ދައްކާ ގޮތުން، އެމެރިކާގައި އިންޓަރނެޓް ބޭނުންކުރާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުން ތަޤްރީރުތަކާއި ޕްރެޒެންޓޭޝަންތައް ހިމެނޭ ގޮތަށް އޮންލައިން ވީޑިއޯގެ ބާވަތްތައް ބޭނުންކުރެއެވެ. މިއީ މުވާޞަލާތުކުރުމުގައި ފެނުމުގެ ޚާއްޞަތަކަށާއި އެދޭ ވަގުތެއްގައި ލިބެންހުންނަ ގޮތަށް ބަދަލުވަމުން އަންނަ ކަން ދައްކައިދޭ ކަމެކެވެ.
ޒަމާނީ ފަންނިއްޔާތުގެ ސަބަބުން ވާހަކަދެއްކުންތެރީންނަށް ވެސް ވަނީ ކުރިއެރުންތަކަކާއި ފަސޭހަތަކެއް ލިބިފައެވެ. ވާހަކަދެއްކުމުގައި ކުރީގައި ބޭނުންކުރަމުން އައި ވަސީލަތްތައް އަދު ވަނީ މުޅީން ބަދަލުވެފައެވެ. އިހު ލިބެން ނެތް ކިތަންމެ ވަސީލަތެއް ކިތަންމެ ގޮތަކުން މިއަދު ވަނީ ލިބިފައެވެ. މަލްޓިމީޑިއާ ޕްރެޒެންޓޭޝަންތަކާއި، ޝައުގުވެރި ފެނުންތަކާއި މީސްމީޑިޔާ މަންސަތައް (މިސާލަކަށް ޓްވިޓަރ، ފޭސްބުކް) މެދުވެރިކޮށް އަޑުއެހުންތެރިންނާ ސީދާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމުގެ ސަބަބުން މިހާރު ވަނީ އިތުރަށް ފުރިހަމަ އަދި ޝައުގުވެރިކަން އިތުރުވާފަދަ ތަގުރީރުތައް ދެވޭ ގޮތް ވެފައެވެ. ބަރކަން އެސް (2010) ވިދާޅުވާ ގޮތުން، މިހާރު ވާހަކަދެއްކުންތެރީންނަށް ވަނީ ފަންނިއްޔާތު ބޭނުންކޮށްގެން އެމީހުންގެ މެސެޖުތައް އިތުރަށް ފުރިހަމަކޮށް، ވަގުތުން ފީޑްބެކް ހޯދައި، އަޑުއެހުންތެރިންނާ ސީދާ މުޢާމަލާތްކުރެވޭ ގޮތް ވެސް ވެފައެވެ. މިކަމުގެ ސަބަބުން އިތުރަށް ތަގުރީރު ޝައުގުވެރިކޮށް އަދި އަމިއްލަ ގޮތްތަކަށް ބައްޓަންކުރުމުގެ ހިތްހަމަޖެހުމުގެ ތަޖުރިބާ ކުރަން ޖެހެއެވެ.
ސުމޭކު މި ޒަމާނުގައި އަޑުއެހުންތެރިންގެ އުންމީދުތަކާއި ޝައުޤުވެރިކަން
އަޑުއެހުންތެރިންނަށް މަޢުލޫމާތު ލިބޭ މިންވަރު އިތުރުވެފައިވާ ފަދައިން، ވާހަކަދެއްކުންތެރީންގެ އުންމީދުތައް ވެސް ވަނީ އިތުރުވެފައެވެ. އެކާވީސް ވަނަ ޤަރުނުގައި، އަޑުއެހުންތެރިންނަކީ ގިނަފަހަރަށް ރަނގަޅަށް މަޢުލޫމާތު ލިބިފައިވާ އަދި ބޮޑަށް ރަސްމީ، ޝައުޤުވެރިކަން ނުހުންނަ، ނުވަތަ ޒަމާނާ ނުގުޅޭ ވާހަކަދެއްކުމުގެ އުސްލޫބުތަކާ މެދު ކެތްތެރިކަން ކުޑަ ބައެކެވެ. މި ކަމުގެ ސަބަބުން ވާހަކަދެއްކުމުގައި ވާހަކަދެއްކުންތެރިކަމުގެ އުސްލޫބަށާއި، ގުޅުން ބަދަހިކުރުމަށާއި، ޝާއުގުވެރި މުވާސަލާތުގެ ބާވަތްތަކަށް ބަދަލުވާން ވަނީ މަގުފަހިވެފައެވެ. މިހާރު ވާހަކަދއްކުންތެރީންގެ ކިބައިން އެދެވެނީ ޝައުޤުވެރިކަން އުފެއްދުމާއި، މުނިފޫހިފިލުވުމާއި، ކަމާ ގުޅޭ ގޮތަށް ވާހަކަދެއްކުމެވެ. އަދި މީގެ އިތުރުން އަގުހުރި ޚިޔާލުތައް ހިއްސާކުރުމެވެ.
ސުމޭކުގެ މި ޒަމާނުގެ ދުނިޔެއާ ގުޅިލައިމެހިފާ ގޮތުގެ ސަބަބުން ވާހަކަދައްކާ މީހުން އެކި ސަގާފަތްތަކަށް އިޙްތިރާމްކުރުމާއި އެކި ވިސްނުންތަކާ މެދު ހޭލުންތެރިވާން ޖެހެއެވެ. އަޑުއެހުންތެރިންގެ ތަފާތުކަން އިތުރުވަމުން ދަނީ ހަމައެކަނި ޖިއޮގްރަފީގެ ގޮތަކުންނެއް ނޫނެވެ. އެ މީހުންގެ އަގުތަކާއި، ތަޖުރިބާތަކާއި، އުންމީދުތަކުގެ ގޮތުން ވެސް މެއެވެ. ޕާރޑީ، ޖޭ.، އަދި ވޯކަރ، އާރް. (2018) ހާމަކުރައްވައިފައިވާ ގޮތުން ވާހަކަދައްކާ މީހުން މި ތަފާތުތަކުގެ ތެރެއިން ފަރުވާތެރިކަމާ އެކު ކުރިއަށްދާން ޖެހެއެވެ. އެ މީހުންގެ މެސެޖުތަކަކީ އެކުލެވިގެންވާ އަދި ފުޅާ ދާއިރާއެއްގައި އެކި މީހުންނާ ގުޅުން ހުރި މެސެޖުތަކެއްކަން ޔަގީންކުރަން ޖެހެއެވެ.
އާދޭހެވެ! މީސް މީޑިއާގެ ކުރިއެރުމުގެ ސަބަބުން ވާހަކަދެއްކުންތެރިކަމުގެ ފަންނަށް ވަރަށް ބޮޑު އަސަރެއް ވަނީކޮށްފައެވެ. އެއީ އަޑުއެހުންތެރިންގެ ޚިޔާލު ވަގުތުން ލިބޭ ގޮތް ވުމުގެ ސަބަބުންނެވެ. ވާހަކަދައްކާ މީހާއާއި އަޑުއެހުންތެރިންނާ ދެމެދު މި އޮންނަ ގުޅުން، ގިނަފަހަރު ޓްވީޓްތަކާއި، ކޮމެންޓްތަކާއި، ލައިކްތަކުގެ ސިފައިގައި އޮތުމުން، ވާހަކަދެއްކުންތެރިން ޖަވާބުދާރިވާން އަވަސްވުމާއި ބަދަލުތައް ގެންނާން ހޭލުންތެރިވާން މަޖުބޫރުވެއެވެ. މިހާރު ވާހަކަދެއްކުންތެރީންނަށް ލައިވް އޯޑިއަންސްއާއި އޮންލައިން އޯޑިއަންސް އެއްފަހަރާ ބަލަހައްޓަން ވަނީ ޖެހިފައެވެ. މި ކަމުގެ ސަބަބުން އުފެދޭ އިތުރު ގުޅުމަކީ، ވާހަކަދެއްކުންތެރިޔާ ޖިސްމާނީ ގޮތުން ހުރި ތަނުގައި އޭނާގެ ހާޒިރުކަން ދަމަހައްޓަމުން، އޮންލައިންކޮށް އޭނާގެ ވާހަކަ އަޑުއަހައި އަދި ބަލާ މީހުންގެ ވަގުތީ ރައްދުއަމަލުތަކަށް ޖަވާބުދާރީވާން ޖެހުން ކަމުގައި ބަރކަން އެސް (2010) ވިދާޅުވެފައި ވެއެވެ.
މިއަދު ވާހަކަދެއްކުންތެރިކަމަށް މިއަދު ކުރިމަތިވާ ގޮންޖެހުންތައް
ސުމޭކުގެ މި ޒަމާނުގައި ވާހަކަދެއްކުންތެރީންނަށް ލިބޭ ފުރުޞަތުތައް އިތުރުވެފައިވާ ފަދައިން، އެ ކަމުގައި ހުރި ގޮންޖެހުންތައް ވެސް ވަނީ އިތުރުވެފަވެއެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މި ޒަމާނުގެ އަޑުއެހުންތެރިންނަށް ލިބެން ހުރި މަޢުލޫމާތުގެ ގިނަކަމެވެ. ސްމާޓްފޯނުތަކާއި، މީސް މީޑިއާއާއި ޚަބަރު ފަތުރާ ވަސީލަތްތަކުން އަބަދުމެ ލިބެމެ މަޢުލޫމާތުގެ ސަބަބުން، ވާހަކަދެއްކުންތެރީން ވާންޖެހެނީ އަޑުއެހުންތެރިންގެ ސަމާލުކަން ހޯދާ އެ މީހުންގެ ވާދަވެރިންނަށެވެ. ކާރ، އެން. (2011) ހާމަކުރައްވާ ގޮތުގައި ސުމޭކު ވަސީލަތްތަކުގެ ބޭނުން އިތުރުވެ، އެއްފަހަރާ ގިނަ ކަންކަން ކުރުން އިތުރުވުމުގެ ސަބަބުން، މީހުންގެ ސަމާލުކަން ބެހެއްޓޭ ވަގުތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. މިކަމުގެ ސަބަބުން ވާހަކަދެއްކުންތެރީންނަށް ގިނަ އިރުވާންދެން އަޑުއެހުންތެރިންގެ ސަމާލުކަން ހިފެހެއްޓުން ވަނީ ދަތި އުނދަގޫކަމަކަށް ވެފައެވެ.
ބައިނަލްއަޤްވާމީ ގޮތުން ގުޅިފައިވާ ގުޅުންތަކުގެ ތެރެއިން މި ޒަމާނުގެ ކުރަން ޖެހިފައިވާ މުއާސަލާތުގެ ސިފައިގެ ސަބަބުން، ވާހަކަދައްކާ މީހުން ގިނަފަހަރަށް އެކި ސަގާފީ އުންމީދުތަކާއި ބަހުގެ ހުރަސްތަކުގެ ތެރެއިން ކުރިއަށްދާން ވާހަކަދެއްކުންތެރީންނަށް ވަނީ ޖެހެއެވެ. އޮންލައިންކޮށް މަޢުލޫމާތު އަވަހަށް ފެތުރޭ ގޮތުގެ ސަބަބުން، އޮޅުންއަރާ ކަންތައްތަކާއި ނުވަތަ ނުރަނގަޅު ގޮތަކަށް ބުނެވޭ ވާހަކަތަކުގެ ސަބަބުން އަވަހަށް ރައްދު އަންނަ ގޮތް ވެ، އަދި މައްސަލަތައް ކުރިމަތިވުން ފަދަ ގޮންޖެހުންތައް ވާހަކަދެއްކުންތެރީންނަށް ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން، ވާހަކަދެއްކުންތެރީން ސަގާފީ ސިންދަފާތަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. އަދި ދުނިޔަވީ މަސްރަޙެއްގައި އެ މީހުންގެ ބަހުގެ ސަބަބުން ކޮށްފާނެ އަސަރަކާ މެދު ވިސްނަންޖެހޭ ކަމުގައި ޕާރޑީ، ޖޭ.، އަދި ވޯކަރ، އާރް (2018) ބަޔާންކުރައްވައިފައި ވެއެވެ.
ޓުފެކްޗީ، ޒެޑް (2017) ހާމަކުރައްވާ ގޮތުގައި، ސުމޭކު މަންސަތަކުން ކާކުކަން ނޭނގޭ ގޮތަށް މުއާމަލާތުކުރާ ކުރުމަކީ ވެސް ވާހަކަދައްކުންތެރީންނަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. އޮންލައިންކޮށް ފުރައްސާރަކުރުމާއި، ފުރައްސާރަކުރުމާއި، އަދި ދޮގު މަޢުލޫމާތު ފެތުރުން އިތުރުވަމުން ދިއުމަކީ ވާހަކަދެއްކުންތެރިޔާގެ މެސެޖުގެ އިތުބާރަށް އުނިކަމެއް ގެނުވައިދޭ ކަމެކެވެ. މި މައްސަލަތަކަށް ހައްލު ހޯދުމަށް ޓަކައި، ވާހަކަދެއްކުންތެރީންގެ ކިބައިގައި ވަރުގަދަ މުވާސަލާތީ އިސްތިރާތީޖީތަކެއް އަށަގެންފައި ހުރުން މުހިންމެވެ. މީގެ ތެރޭގައި އޮންލައިންކޮށް ކުރެވޭ ފާޑުކިޔުންތައް ހަރުދަނާކޮށް ބެލެހެއްޓުމާއި، އެކި ހާލަތްތަކުގައި ވާހަކަދެއްކުންތެރީންގެ މެސެޖު ދޭހަވާ ގޮތާ މެދު ފުޅާ ނަޒަރުން ދުށުމުގެ ގާބިލިއްޔަތު ހިމެނެއެވެ.
އާރުލާހެން 21ވަނަ ގަރުނުގައި ވާހަކަދެއްކުމުގެ އިސްތިރާޖީތައް
އެކާވީސް ވަނަ ޤަރުނުގައި ކާމިޔާބު ވާހަކަދެއްކުންތެރިއަކަށް ވުމަށް ޓަކައި މުވާސަލާތުގެ ދާއިރާއަށް އަންނަ ބަދަލުތަކަށް ހޭނި އަހުލުވެރި ވާން ޖެހެއެވެ. ސުމޭކު މައުލޫމާތުގެ މި އައު ޒަމާނުގައި ވާހަކަދެއްކުންތެރީންގެ ގާބިލިއްޔަތު އިތުރުކުރުމަށް ޓަކައި ބޭނުން ހިފިދާނެ މުހިންމު ކަންކަން ހިއްސާކުރާނަމެވެ.
ވާހަކައެއްގެ ޒަރިއްޔާއިން ޝައުޤުވެރިކުރުވުން:
ސުމޭކުގެ މި ޒަމާނުގައި، އަޑުއަހާ މީހުން ބޭނުންވަނީ ތެދުވެރިކަމާއި އިހުސާސީ ގުޅުމެވެ. ވާހަކަ ކިޔައިދިނުމަކީ އަޑުއަހާ މީހުން ޝައުޤުވެރިކުރުވުމަށާއި އުނދަގޫ ޚިޔާލުތައް ފަސޭހައިން ދޭހަވާ ގޮތަށް ހުށަހަޅަން ބޭނުންކުރެވޭ ވަރުގަދަ ވަސީލަތެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވާހަކައެއްގެ މައްޗަށް ބިނާކޮށް ދޭ ކަލާނުތައް ވަނީ އަޑުއަހާ މީހުންނަށް ފަސޭހައިން ހަނދާން ހުންނަ އަދި އަސަރުފޯރުވާ ކަލާނުތަކަށެވެ. އެއީ އެފަދަ ކަލާނުތަކުން އަޑުއަހާ މީހުންނަށް އަސަރު ހުރި މެސެޖު ލިބުމުގެ އިތުރަށް އެ ކަލާނުތަކުން އިހުސާސީ ގުޅުމެއް އުފެދޭތީ ކަމުގައި ގްރީން، އެމް. ސީ.، އަދި ބްރޮކް، ޓީ. ސީ (2000) ވިދާޅުވެފައި ވެއެވެ.
ފަންނިއްޔާތުގެ ބޭނުން ހިފުން:
އާރުލާހެން ވާހަކަދައްކާ މީހުން އެމީހުންގެ މެސެޖު ފުރިހަމަކުރުމަށް ޓަކައި ފަންނިއްޔާތުގެ ބޭނުން މިއަދު ކުރަން ޖެހެއެވެ. އެއީ ޝައުގުވެރި ދެއްކުންތައް ނުވަތަ މަލްޓިމީޑިއާ ހުށަހެޅުންތައް ނުވަތަ އަޑުއަހާ މީހުން ޝައުޤުވެރިކުރުވަން ބޭނުންކުރާ ވަސީލަތްތަކުގެ ޒަރީއާއިންނެވެ. ފަންނިއްޔާތު ބޭނުންކުރުމުގައި މެސެޖު ނުސާފުވެ އޮޅުންބޮޅުން ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި ފަންނިއްޔާތުގެ އެކިއެކި އުކުޅުތައް ބޭނުންކުރާން ވާނީ މެސެޖު ފުރިހަމަކޮށް، އަޑުއަހާ މީހުން ޝައުޤުވެރިކުރުވައި، މައުލޫމާތު ފަސޭހައިން ލިބިދެވޭ އުކުޅެއްގެ ގޮތުގައި ކަމަށް ބަރކަން، އެސް (2010) ވިދާޅުވެއެވެ.
ތެދުވެރިކަމާ އެކު މައުލޫމާތު ހާމަކުރުން:
ގެލޯ، ސީ (2014) ވިދާޅުވާ ގޮތުގައި، މިއަދުގެ އަޑުއަހާ މީހުން އަގުވަޒަންކުރަނީ ތެދުވެރިކަމާ އެކު ހާމަކުރާ މައުލޫމާތެވެ. އަސްލު ހަގީގީ ތެދެވެ. އަމިއްލަ ތަޖުރިބާތައް ހިއްސާކޮށް، ގޮންޖެހުންތައް ޤަބޫލުކޮށް، ތެދުވެރިކަމާއެކު ވާހަކަދައްކާ ވާހަކަދެއްކުންތެރީންނަށް އަޑުއަހާ މީހުންގެ އިތުބާރާއި ގުޅުން ޤާއިމުކުރެވިދާނެއެވެ
އަޑުއަހާ މީހުންގެ ރައްދާ އެއްގޮތަށް ބަދަލުވުން:
އެކާވީސް ވަނަ ގަރުނުގެ ވާހަކަދެއްކުންތެރީން ވާން ޖެހެނީ އުފެއްދުންތެރި ބަޔަކަށެވެ. ކޮންމެ ދިމާއަކުން ވެސް އަންނަ އެއްކޮޅު އަދި އިދިކޮޅު ޚިޔާލުތަކަށް ވާހަކަދެއްކުންތެރީން ރައްދު ދޭން ވާނީ ވަރަށް ހަރުދަނާ ގޮތެއްގައެވެ. ޚިޔާލު ބަލައިގަތުމުގެ ގާބިލްކަން ހުންނަން ވާނެއެވެ. ކޮންމެ ތަގުރީރަކީ ތިމާމެންގެ ކަރުގައި އެޅުވޭނެ ތާރީފުގެ ހާރުތަކަކަށް ވާނެ ކަމަށް ދެކިގެން ނުވާނެއެވެ. ހަން ނިކަން ބޯވާން ވާނެއެވެ. ކޮންމެ ފަދަ އެއްޗެއް ވެސް އާންމުންގެ މީހަކު ކިޔައިފާނެ ކަން އަބަދުވެސް ހިތުގައި ބާއްވާން ވާނެއެވެ. މިހެންވުމުން ވަގުތުން ބަދަލުވުމުގެ ޤާބިލުކަން ވާހަކަދެއްކުންތެރީންނަށް ލިބިފައި އޮންނަން ޖެހެއެވެ. އެއީ ސީދާ އަޑުއަހަން ތިބޭ މީހުންނާއި އޮންލައިންކޮށް އަޑުއަހާ މީހުންގެ ރައްދުތަކަށް ޖަވާބުދާރީވުމަށެވެ. ޕާރޑީ، ޖޭ.، އަދި ވޯކަރ، އާރް (2018) ވިދާޅުވާ ގޮތުގައި އަޑުއަހާ މީހުންގެ ރައްދުތަކުން އެމީހުންނަށް ކަމެއް ނުވިސްނޭކަން ނުވަތަ ޝައުޤުވެރިކަން ކުޑަކަން ދޭހަވާނަމަ، ވާހަކަދެއްކުންތެރީން ޖެހޭނީ ކަލާނުގެ ރާގާއި އޭގެ އުސްލޫބު ބަދަލުކުރާށެވެ. މި ކަމަށް އަބަދުވެސް ޖެހޭނީ ތައްޔާރަށް ތިބޭށެވެ.
މީސް ސިންދަފާތުތަކަށް އިޙްތިރާމުކޮށް، އެންމެން ޝާމިލްވާ ހެން ވާހަކަދެއްކުން:
ދުނިޔެ ބަވަނަވެފައިވާ މިޒަމާނުގައި، ވާހަކަދައްކާ މީހުން ކަށަވަރުކުރަންވާނީ އެމީހުންގެ މެސެޖުތަކަކީ އެންމެން ޝާމިލްވާހެން މީސް ސިންދަފާތުތަކަށް އިހުތިރާމް ކުރުމާ އެކު ދެވޭ މެސެޖުތަކަށެވެ. މީސްތަކުން ނިސްބަތްވާ އެކިއެކި ސަގާފަތްތަކާއި ސަގާފީ ސިންދަފާތުތަކަށާއި ނަސްލާއި ޖިންސާއި އިޖްތިމާއީ-އިޤްތިޞާދީ ފަންތިއާ ހަމައަށް ހުރިހާ ބާވަތެއްގެ ތަފާތުތައް ދެނެގަނެ އިޙްތިރާމުކުރުމަކީ އެކަށީގެންވާ ގޮތުގައި މުއާމަލާތުކޮށް އާރުލާހެން ވާހަކަދެއްކުމަށް ޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.
އެކާވީސް ވަނަ ޤަރުނުގައި ވާހަކަދެއްކުންތެރިކަމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ވާހަކަދެއްކުންތެރިކަން އަމާޒުކުރާން ޖެހޭ އުކުޅުތަކަށާއި ވާހަކަދެއްކުންތެރިކަމުގައި ބޭނުންކުރާން ޖެހޭ ވަސީލަތްތައް މިއަދު ވަނީ ބަދަލުވެފައެވެ. މި ބަދަލުތައް އައިސްފައިވަނީ ފަންނިއްޔާތުގެ ކުރިއެރުންތަކާއި، އަޑުއަހާ މީހުންގެ އުންމީދުތައް ބަދަލުވަމުން އައުމާއި، ދުނިޔެ ގުޅިލާމެހިފައިވާ ގޮތުގެ ސަބަބުންނެވެ. މި ބަދަލުތަކުން ވާހަކަދައްކާ މީހުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އަޑުއަހާ މީހުންނާ މުޚާޠަބުކުރުމުގެ އައު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭގެ ސަބަބުން އައު ގޮންޖެހުންތަކާ ވެސް ކުރިމަތި ލާން ޖެހެއެވެ. މީގެ ތެރޭގައި އަޑުއެހުންތެރީންގެ ސަމާލުކަން ހޯދާން އޮންނަ ވާދަވެރިކަން އިތުރުވުމާއި، ސަޤާފީ ސިންދަފާތަށް ރައްކާތެރިވުމުގެ މުހިންމުކަން އިތުރުވުމާއި، އޮންލައިންކޮށް ކުރިމަތިވާ ކަންކަން ބެލެހެއްޓުން ހިމެނެއެވެ. މި ބަދަލުތަކާ އެއްގޮތަށް އަމަލުކޮށް، ވާހަކަ ކިޔައިދިނުމާއި، ތެދުވެރިކަމާއި، އަޑުއަހާ މީހުން ޝައުޤުވެރިކުރުވުން ފަދަ އުކުޅުތައް ބޭނުންކޮށްގެން، އާންމުންނާ މުޚާޠަބުކޮށް ވާހަކަދައްކާ މީހުންނަށް މި ހަލުވި ބަދަލުތަކާއެކު ކުރިއަށް ދެވޭނެއެވެ. އަދި ސުމޭކުގެ މި އާ ޒަމާނުގައި ވެސް މީހުންގެ މައްޗަށް ނުފޫޒު ފޯރުވައި، ހިތްލެނބޭނޭ ކިތަންމެ ކަމެއް ވާހަކަދެއްކުންތެރިކަމުގެ އުކުޅު ބޭނުން ކޮށްގެން ވާހަކަދެއްކުންތެރީންނަށް ކުރެވިދާނެއެވެ.
- ރެފަރެންސްތައް
އެންޑަރސަން، ޖޭ. ކިއު، އަދި ރެއިނީ، އެލް. (2012). ދަ ފިއުޗަރ އޮފް ވެލްބީން އިން އަ ޓެކް ސެޗުރޭޓެޑް ވޯލްޑް. ޕިއު ރިސަރޗް ސެންޓަރ.
ބަރކަން، އެސް. (2010). ކޮންފެޝަންސް އޮފް ޕަބްލިކް ސްޕީކަރ. އޯރެއިލީ މީޑިއާ، އިންކ.
ކާރ، އެން. (2011). ދަ ޝެލޯސް: ވަޓް ދަ އިންޓަރނެޓް އިސް ޑުއިންގ ޓް އަވަރ ބްރެއިން. ޑަބްލިއު.ޑަބްލިއު. ނޯޓަން އެންޑް ކޮމްޕެނީ.
ގެލޯ، ސީ. (2014). ޓޯކް ލައިކް ޓެޑް: ދަ 9 ޕަބްލިކް-ސްޕީކިން ސީކްރެޓް އޮފް ދަ ވޯލްޑްސް ޓޮޕް މައިންޑް. ސެއިންޓް މާޓިންސް ޕްރެސް.
ގްރީން، އެމް. ސީ.، އަދި ބްރޮކް، ޓީ. ސީ. (2000). ދަ ރޯލް އޮފް ޓްރާންސްޕޮޓޭޝަން އިން ދަ ޕަރސުއެސިވްނެސް އޮފް ޕަބްލިކް ނެރޭޓިވެސް. ޖާނަލް އޮފް ޕާސަނަލިޓީ އެންޑް ސޯޝަލް ސައިކޮލޮޖީ، 79(5)، 701–721.
ޕާރޑީ، ޖޭ.، އަދި ވޯކަރ، އާރް. (2018). ގްލޯބަލް ޕަބްލިކް ސްޕީކިންގ: ދަ ޗެލެންޖެސް އޮސް އިންޓަރކަލްޗަރަލް ކޮމިޔުނިކޭޝަން. ޕަލްގްރޭވް މެކްމިލަން.
ޓުފެކްޗީ، ޒެޑް. (2017). ޓްވިޓަރ އެންޑް ޓިއަރ ގޭސް: ދަ ޕަވަރ އެންޑް ފްރެންޖިލިޓީ އޮފް ނެޓް ވޯކްޑް ޕްރޮޓެސްޓް. ޔޭލް ޔުނިވަރސިޓީ ޕްރެސް.
