ކޮވިޑް19 ޖެހޭ މިންވަރު އިތުރުވެ އަނެއްކާވެސް އިތުރު 178 މީހުން މި ބައްޔަށް މިއަދު ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 178 މީހުންގެ ތެރެއިން 176 މީހުންނަކީ މާލޭ ސިޓީން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަނެއް ދެ މީހުންނަކީ އެކިއެކި ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ.
ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ 178 މީހުންގެ ތެރޭގައި ހިމެނެނީ 141 ދިވެހިންނާއި ބަންގްލަދޭޝްގެ 25 މީހުންނާއި އިންޑިއާގެ 10 މީހުން އިތުރުން ސްޕޭންގެ ދެ މީހުންނެވެ.
ކޮވިޑް19 ރާއްޖެއިން 7225 މީހުންނަށް ޖެހިފައިވާއިރު 2636 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 162 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1458 މީހަކު އެބަތިއްބެވެ. ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރާފައެވެ.
ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް މި އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.



advertisment