Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

ތެލުގެ މުއްސަނދިކަން ލިބިފައިވާ މެދުއިރުމަތީގެ ގައުމަކުން ފުޓުބޯޅަ ކުޅުންތެރިޔާ ވިންސަންޓު ޖޫނިޔަރ އަށް ބިލިޔަން ޔޫރޯގެ މުސާރައަކާއި އަދިވެސް އެހެން އިނާޔަތްތައް ހުށަހަޅާލައިފިއެވެ.

އަހަރުމެންގެ މަތީ ފަންތީގެ ސިޔާސީވެރިންނަށް، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުންދޭ ފަދަ ބޮޑެތި ބޮޑެތި މުސާރަތަކާއި އިނާޔަތްތައް ކަނޑައަޅާލެވިފައި ވެއެވެ.

މާނައަކީ ހެއްޔެވެ؟ ކިޔެވުމާއި އިލްމު އުނގެނުމުން، ވިސްނައި ފިކުރުކުރަން ދަސްކުރުން، މިކަންކަމީ ގިނަ ބަޔެއްގެ ނަޒަރުގައި ފަރުދީ މާއްދީ ކުރިއެރުމާ ގުޅިފައި އޮތް ކަމެއް ނޫނެވެ. މި ދުށުމަށް ބާރު ލިބިދޭ އަނެއްކަމަކީ، އެއްބައެއްގެ ނަޒަރުގައި، މަދަރުސާއަކީ އިލްމު އުނގެނޭ ތަންތަން ކަމުގައިވާކަށް ނުޖެހެއެވެ. އެތަންތަން ވާން ޖެހޭނީ މަސްކަނޑާށާއި ކުނިކަހާށާއި މިފަދަ ކަންކަން ކުރަން ދަސްކޮށްދޭ ތަންތަން ކަމުގައެވެ. ޖަމާއަތުގެ ކުރިއެރުން އޮތީ، މިފަދަ މީހުންގެ ނަޒަރުގައި މިކަންކަން ދަސްވެގެންނެވެ!

އެހެންވީމާ، އަދު އެންމެން ވެސް މަސައްކަތްކުރަންވީ ފުޓުބޯޅަ ނޫނީ އެހެންވެސް ކުޅިވަރެއް ކުރުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ނޫނީ ސިޔާސީ ވެރިންނަށް އެމީހުންގެ ދަރިން ހަދާލަން މަސައްކަތް ކުރާ ބަޔަކަށެވެ. އިންސާނިއްޔަތަށް ފައިދާ ކުރާ އިލްމާއި ހުނަރުވެރިކަން ވެސް މިކަންކަން ހާސިލުވުމުން ލިބޭނޭ ކަހަލައެވެ. އަދި، ހަޟާރަތުގެ ރޭހުގައި ކުރިއަށް ދިޔުމަކީ ވެސް މިއީކަން މިހާރު އެނގެން ފަށައިފި ކަހަލައެވެ!