Support Us

23 ސްކޫލެއްގައި އޭލެވެލަށް ކިޔަވައިދޭން ފަށައި އެންމެ މާއްދާއަކުން ފާސްވާ ކުދިންނަށް ވެސް ފުރުސަތު ދެނީ

އަތޮޅުތަކުގެ 23 ސްކޫލެއްގައި އަލަށް އޭލެެވެލްއަށް ކިޔަައިދޭން ފަށައި އެންމެ މާއްދާއަކުން ފާސްވާ ދަރިވަރުންނަށް ވެސް އޭލެވެލަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ސާނަވީ އިމްތިހާނުން ދަރިވަރުން ފާސްވާ މިންވަރު މަދުުކަން ފާހަގަކުރައްވައި، ސީއެޗްއެސްސީގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވީ ގްރޭޑް އެކަކަށް ވަންނަ 7،000 ދަރިވަރުންގެ ތެރެއިން މަތީ ތައުލީމު ހާސިލްކުރުމަށް ޔުނިވާސިޓީގައި ކިޔެވުމުގެ ފުރުސަތު 2،500 ކުދިންނަށް ވެސް ނުލިބޭ ކަމަށެވެ.

އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އެންމެ އިސްކަމެއް ދޭނެ ކަމަކީ އޭލެވެލް ނިންމާ ކުދިންގެ އަަދަދު ގިނަކޮށް، މަތީ ތައުލީމު ފުރުސަތު އެ ދަރިވަރުންނަށް ފަހިކޮށްދިނުން ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"މިގޮތުން މުޅިން އަލަށް ދިވެހިރާއްޖޭގެ 23 ސްކޫލެއްގައި ގްރޭޑް 10 ގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް، ގާތްގަނޑަކަށް ހަމަ ހުރިހާ ދަރިވަރުން ގޮތަށް އޭލެވެލްގެ ފުރުސަތު މިފަހަރު ފަހިކޮށްލަދޭނަން،" މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު އޮތް ގޮތުން ދެ މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ސްކޫލްގައި ޖާގަ ހުރި މިންވަރަކުން އެންމެ މާއްދާއަކުން ފާސްވާ ދަރިވަރުންނަށް ވެސް އޭލެވެލްގައި ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިކަމަކީ ބޭކާރު ހަރަދެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދުށް ނަމަވެސް މިއީ ދަރިވަރުންގެ ކިބައިގައި ހުރި ހުނަރު އިތުރުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ. އިސްލާމް މި މާއްދާއިން އެކަނި ފާސްވާ ދަރިވަރުވެސް އިތުރު ތަމްރީނާއެކު މުސްތަގުބަލުގައި މޮޅު އިސްލާމް ޓީޗަރަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަލަށް އޭލެވެލަށް ކިޔަވައިދޭން ފަށާ ސްކޫލްތަކުގެ ނަތީޖާއަށް ބަލައި އިތުރު ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ ކުރިން އޭލެވެލްއަށް ކިޔެވުމުގެ ފުުރުސަތު ސަރުކާރުން ދެނީ މަޖުބޫރު ހަތަރު މާއްދާގެ އިތުރުން ސްޓްރީމްގެ އެއް މާއްދާއިން ދަށްވެގެން ސީ ފާސް ލިބޭ ދަރިވަރުންނަށެވެ. ނަމަވެސް އެ އުސޫލް މި ސަރުކާރުން މިވަނީ ދެވަނަ ފަހަރަށް ބަދަލުކޮށް ވީހާވެސް ގިނަ ކުދިންނަށް މަތީ ސާނަވީ އަށް ކިޔެވުމުގެ ފުރުސަތު ދޭން ނިންމައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *