Support Us

ގޮތް ހުސްވެ، ނާއުންމީދުވެފައިވާ އިންސާނެއްގެ ފުށުން ފެންނަ އަލާމާތްތައް

ތިރީގައި މި ވަނީ ގޮތް ހުސްވެއްޖެ ކަމަށް ހިތަށް އަރައި ނާއުންމީދުވެފައިވާ އިންސާނެއްގެ ފުށުން ފެންނަ ބައެއް އަލާމާތްތަކެވެ.

1. އެކަނިއުޅެން ބޭނުން

2. ޖަޒުބާތު ފާޅުނުކޮށް ހިތުތެރޭ އޮބެހެއްޓުން

3. ހިތްރުޔަސް، ހިތާމަތަކުން ބަރާވެފައި ވިޔަސް، އަނެކުންނަށް އޭނާގެ މޫނުމަތިން ދައްކާނީ ހިނިތުންވުން

4. ކިތަންމެ ބޮޑު ދެރަކަމެއް ދިމާ ވިޔަސް އެއީ އޭނާއަށް ކަންބޮޑުވާ ކަމެއް ކަމަށް ގަބޫލު ނުކުރުން

5. ފިކުރުތަކުން ހުސްވެފައިވާ ހާލު އެހެންމީހުންނާ އެކަހެރިވެ ގޭގެ ކަނެއްގައި އިނުން

6. އެހެންމީހެއްގެ އަޅައިލުންތެރިކަމާއި އެހީއަކާ ނުލައި ހުރިހައި ކަމެއް ކުރަން އޭނާ އަމިއްލައަށް ބޭނުން

7. ނާއުންމީދުވެފައިވާ އިންސާނާ އެއްވެސް ކަމެއް ކުރާހިތެއް ނުވާނެ

8. އެތެރޭގައި އިހުސާސްކުރާ އުދާސްތަކުގެ ކަރުނައެއް އޭނާ ބޭރުފުށަކުން ނުދައްކާނެ

ތިބާ ތިޔަ ވަނީ ނާއުންމީދު ވެފައި ހެއްޔެވެ؟ ނޫނީ މި ބަޔާން ކުޅަ ކަންކަން ތިބާ ތަހަންމަލްކުރަމު ހެއްޔެވެ؟ އާއެކޭ ނަމަ މި ކަމުގެ ފަރުވާ ދަންނަވާ ހުށީމެވެ!

ތިބާގެ ލޮލުގައި ކަރުނަ ލެއްވި،

ތިބާގެ ހިތުގައި ޖަޒުބާތު ލެއްވި،

ތިބާގެ ސިކުނޑީގައި ބުއްދި ލެއްވި،

ތިބާގެ ހަށިގަނޑުގައި ފުރާނަ ލެއްވި،

ތިބާގެ ގުނަންތަކުގައި ވާގިލެއްވި،

ﷲ ތަޢާލާގެ ހަޒުރަތަށް އިބްތިހާލުވާ ޙާލު ސަޖިދަކުރާށެވެ! އަދި އެ ސަޖިދަތަކުގައި ތިބާގެ ޖަޒުބާތުތަކުގެ ކަރުނަ ހުސްވަންދެން އޮއްސާށެވެ!

ޝައްކެއްނެތި ދަންނަވަމެވެ!

ތިބާ ސަޖިދައިން ތެދުވާ ހުށީ އުފާވެރިކަމުގެ ހިތަކާއިގެންނެވެ.

މި އަމަލު ހުއްޓައި ނުލައި ކޮންމެ ދުވަހަކު ފަސްފަހަރު ކުރާށެވެ.

އިންޝާﷲ ތިބާގެ ހަޔާތުން ފޮޅިވެ ފަރިވާ ހުށީ ބަހާރުގެ މާތަކެވެ!

ފިލައި ނިމިދާ ހުށީ މޮޅިޔާއި ހިތާމައިން ތިބާގެ ގުލްޝަން މިލުވައި މޯޅިކުރި ޚަރީފެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *