Support Us

ވާހަކަ: ފަތަހަ ކުރި ލޯބީގެ ނިމުން

އައު ދުވަހަކަށް އިރު އަރައިފިއެވެ. ކަފަ ވިލާލީ ދުވަހެއްގެ ފަހި ދުވަހެވެ. އުޑުމަތި ބަނައެވެ. ވިލާ މަދެވެ. މޫސުން ތާޒާމެއެވެ.

ގަސްގަހާގެހި ހިނުތުންވެފައި ވަނީ އާދަޔާޚިލާފު ހިނިތުންވުމަކާ އެކުއެވެ. ހިމަފޮދުވާރެއެއްގެ ކަނިތައް ކަންޏަކަށް ފަހު ކަންޏެއް ޖަހަމުން ދެއެވެ. ބިންމައްޗަށް ޖަހާ އޭގެ ކޮންމެ ތިތްކަކީ ޖަވާހިރަކަށް ވެސް ވެދާނެއެވެ.

ހާސް ވަގުތުތައް ހޭދަކޮށްގެން މީގެ ދުވަސްތަކެއް ކުރިން އަހަރެން ކޮނުނު ވަޅުގަނޑަކުން ނެގި ޖަވާހިރުތައް ވެސް ހުސްވީއެވެ. ލައްކަ ބަޔަކަށް ހަދިޔާ ވެސް ކުރީމެވެ. އެ ޖަވާހިރުތައް ހިފައިގެން ދިޔަ މިތުރުން ފަހަކުން ނުފެނެއެވެ. ދުވަސްތަކެއް ފަހުން އެއް ދުވަހަކު އަހަރެންގެ ގޭގެ ފުރާޅަށާ އެކު މުޅި ގޭގެ އެތަން މިތަނަށް ގާއުކާ އަޑަށް ބޭރަށް ނުކުތީމެވެ. އޭރު ގޭގެ ލައްކަ ތަނެއް ހަލާކުވެއްޖެއެވެ. ބަލައިލި އިރު މި ކަމެއް މި ކުރަނީ އެއްކަލަ ޖަވާހިރުތައް ގެންދިޔަ އަހަރެންގެ މިތުރުންނެވެ. ސަހަރޯއޭ ހިތަށް އެރިއެވެ. ހިނިތުންވުމެއް ދިނުމަށް ފަހު އަހަރެން ގެއަށް ވަނީމެވެ. އުކައިފައި ހުރި ހުރިހައި ގަލެއް އެއްކުރީމެވެ. ބަސްތާބަސްތާއަށް އެޅީމެވެ.

އަހަރެން ދުށީ އެއީ ޖަވާހިރުގެ ގޮތުގައެވެ. އެއްޗެކޭ ނުބުނަމެވެ. އެމީހުން ވެސް އެބަ އުޅެއެވެ. އަހަރެން މި ފެށީ އެ މީހުން އުކި ގާތަކުން އަޖައިބެއް ފަދަ ބިނާއެއް ބިނާ ކުރާށެވެ!

ލޯތްބަކަށް ވެސް ހުރިހައި އެއްޗެއް ފަތަހައެއް ނުކުރެވެއެވެ. މި ފަހަރު އަހަރެން ފަތަހަކޮށްފީމެވެ. އެއީ ލޯތްބެވެ. ދެން ފާޑުފާޑު ކުރަންޏާ ކަފުންކޮށްފައި ވަޅުލާނީއެވެ. އޭރުން ލޯތްބެއް ކީއްކުރަން ހެއްޔެވެ! އެ އެޅި ގުޅިއެއް ވެސް ފެންނާކަށް ނުހުންނާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *