ކޮވިޑަށް ޕޮޒިޓިވް މީހަކާ ބައްދަލުވުމުން ހެލްތު އިމަޖެންސީ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ކަރަންޓީނުގައި މަޑުކުރައްވަން ޖެހިއްޖެއެވެ.
ޑރ. ނަޒްލާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވި އޭނާގެ ތިމާގެ މީހަކާ ބައްދަލުވުމުގެ ސަބަބުން އޭނާ ގޭގައި ކަރަންޓީނު ވެފައިވާ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމުގައެވެ.
އަދި ކަރަންޓީނުގައި ގޭގައި މަޑުކުރަން ޖެހުނު ކަމުގައި ވީނަމަވެސް އެޗްއީއޯސީގެ މީޑިޔާ ބްރީފިންތައް ގޭގައި ހުންނަވައިގެން ކުރިއަށް ގެންދަވާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.



advertisment