Support Us

ރިޔާސީ އިންތިހާބު 2023:

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ފޮނުވި ކަމަށް ބުނާ ސިޓީ ލީކުކޮށްލައިފި

ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ކުރިއަށްދަނިކޮށް މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ކަމަށް ބުނާ ސިޓީއެއް މީސްމީޑިއާގައި މިއަދު ލީކުކޮށްލައިފިއެވެ. ނަމަވެސް ލީކުވެގެން އުޅޭ ދެ ސަފުހާގެ އެ ސިޓީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ފަދަ އެއްވެސް ވާހަކައެއް ނެތެވެ.

މޮރިޝަސްއަށް ރައީސް ސޯލިހް ފޮނުއްވާފައިވާ ކަމަށް ބުނާ މި ސިޓީ މީސްމީޑިއާގައި ލީކްވެފައި މިވަނީ ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް 46 ޕަސެންޓުން ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައި ދެވަނަ ބުރަކަށް ދެ ބޭފުޅުން ވަޑައިގެންނެވުމާ އެކު ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭ ކަންކަން ހުރި ކަމަށާއި އެ ކަންކަން ހާމަކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

މި ގޮތަށް ލީކުވާ އެގްރިމަންޓުތަކާއި ސިޓީތަކަކީ ސައްހަ ލިއުންތަކެއް ނޫން ކަމަށް ސަރުކާރުން މީގެ ކުރިން ބުނަމުންދިޔަ ނަމަވެސް، މިއަދު ލީކުކޮށްލައިފައިވާ މޮރިޝަސް ސިޓީއަކީ ސައްހަ ސިޓީއެއްކަން ރައީސް އޮފީހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ. އެ ސިޓީގައި ރައީސް ސޯލިހުގެ ސޮޔެއް ވެސް އަދި ސިޓީ ރައްދުވާ ފަރާތެއް ވެސް ނެތެވެ. އެބައި ވަނީ ބުރިކޮށްލައިފައެވެ. އެހެންކަމުން އެ ސިޓީއަކީ ސަރުކާރު އަޑީގައި އޮވެގެން އަލުން ހަދައިގެން ލީކުކޮށްލައިގެން އުޅޭ ސިޓީއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަގުތުން ވަނީ ބުނެފައެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު ރައީސް ސޯލިހު ފޮނުއްވާފައިވާ ކަމަށް ބުނާ މި ސިޓީގައި ވެސް ވަނީ ކުރިން ވެސް ރައީސް ސޯލިހް ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތަށް މޮރިޝަސްގެ ސިޔާދަތީ ބާރުތަކާ ގުޅޭ ގޮތުން އދ. އިން އެންމެ އަވަހަށް ނަގާ ވޯޓުގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ބުނެފަ އެވެ. މީގެ އިތުުރުން ޗާގޯސްއަކީ މޮރިޝަސް ބައެއް ކަމަށް ރާއްޖެއިން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެގޮތަށް އެއްބަސްވެފައި ވަނީ އިންޓަނޭޝަނަލް ޓްރައިބުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ މައްސަލައާއި ކޮންޓިނެންޓަލް ޝެލްފުގެ މައްސަލައަށް އަސަރު ނުކުރާ ގޮތަކަށް ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު ރައީސް ސޯލިހު ފޮނުއްވާފައިވާ ކަމަށް ބުނާ ސިޓީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެެއް ގެއްލޭ ފަދަ ގޮތަކަށް ރައީސް ސޯލިހް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރިޔާސީ އިންތިހާބްގެ ކެންޕެއިން ތެރޭގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ތަކުރާރުކޮށް ބުނަމުން ގެންދިޔަ ނަމަވެސް އެ ސިޓީ ސަރުކާރުން މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. ބުނަމުން އައީ ދޭދޭ ސަރުކާރުތަކުގެ މެދުގައި ބަދަލުކުރެވޭ ސިޓީއަކީ "ސިއްރު" ސިޓީ ކަމަށެވެ. އެހެންވެ އެ ސިޓީ ރައްޔިތުންގެ މަޖިލީހަކަށް ވެސް ނުދައްކައެވެ. ދެއްކީ އެ ސިޓީގައި ހުރި ކަންކަމާ ބެހޭ ޕްރެސެންޓޭޝަނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *