Support Us

ރިޔާސީ އިންތިހާބު 2023

ރައީސް ސޯލިހް ހިޔާނަޔްތެރިވެގެން ޖަލަށް ނުލާނެކަން މަރު ޔަގީންވާ ފަދައިން ޔަގީން: މެޑަމް ފަޒުނާ

ރައީސްް އިބްރާހިމް މުހައްމަދު ސޯލިހަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ދައުލަތަށް ހިޔާނަތްތެރިވެވަޑައިގެން ޖަލަށް ނުލާނެކަަން މަރު ޔަގީންވާ ފަދައިގެން ޔަގީންވާ ކަމަށް ރައީސް ސޯލިހްގެ އަނބިކަނބަލުން ފާތުމަތު ފަޒުނާ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރައްވާފައި ފައިބައިވަޑައިގެންނަވާ ބޭފުޅުން ޖަަލަށް ލުމުގެ ސަގާފަތާ ބެހޭ ގޮތުން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ދެންނެވި ސުވާލެއްޖެ ޖަވާބުގައި ފަޒުނާ ވިދާޅުވީ ރައީސް ސޯލިހަކީ އަނިޔާވެރި ބޭފުޅެއް ނޫން ކަމަށާއި ވައްކަން ކުރައްވާނެ ބޭފުޅެއް ވެސް ނޫން ކަމަށެވެ. އަދި ގާނޫނު އޮތް ގޮތުން ހިޔާނާތްތެރިވެގެން ރައީސް ޖަލަށް ނުލައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހަމަ ވަރަށް ޔަގީން ރައީސް އިބޫ ހިޔާނަތްތެރިވެގެން ޖަަލަށް ނުލާނެކަން. އަޅުގަނޑަށް މަރު ޔަގީންހާ ޔަގީން އިބޫ ވައްކަން ނުކުރައްވާނެކަން. އެކަމުގަ ޖަލަށްލާނެއޭ ހިތަކަށް ނާރޭ. ދެން މީހަކު ރުޅިއައިސްގެން ގާނޫނުތައް އޮތް ގޮތަކުން ވަރަށް ދުރު ދެއްތޯ އެކަހަލަ ކަންތައްތައް ވުން. ދެން ޑިކްޓޭޓާޝިޕެއް އައިސްގެން ލައިފިއްޔާ ވަރަށް ދެރަވާނެ. އޭރު ހުންނަވާނީ އުމުރުން ވެސް ވަރަށް ދުވަސްވެފަތާ،" ފަޒުނާ ވިދާޅުވި އެވެ.

މީގެެ އިތުރުން ފަޒްނާ ވިދާޅުވީ ފަސް އަހަރުގެ ދައުރުގައި ރައީސް ސޯލިހް އެންމެ ބޮޑަށް ހާސްވެވަޑައިގެންނަވާފަ ހުއްޓާ ފެނުނު ދުވަހަކީ ކުޑަކުދިން ވެސް ތިބި މޯލްޑިވިއަންގެ ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަަލައަކާ ގުޅިގެން އައްޑޫސިޓީ އަށް ނުޖެއްސިގެން އުޅުނު ދުވަހާއި ކޮވިޑްގެ ދެވަނަ ރާޅެއް ޗައިނާއިން ފެނުމުން އެފަދަ ކަމެއް ރާއްޖެއަށް އަތުވެދާނެތީ ހާސްވެވަޑައިގެން ހުންނެވި ދުވަސް ކަމަށެވެ.

ފަޒުނާ ވިދާޅުވީ ރައީސް ސޯލިހަކީ ވަރަށް ވެސް ކެތްތެރި ބޭފުޅެއް ކަމަށާއި ސިޔާސީ އިދިކޮޅު ބޭބޭފުޅުން ރައީސް އަށް ނިސްބަތްކޮށް ތަފާތު ގޮތްގޮތަށް އެކިއެކި ވާހަކަތައް ދެއްކި ނަމަވެސް ރައީސް ސޯލިހް އެބޭފުޅުން ނިސްބަތްކޮށް އެއްވެސް އެެއްޗެއް ވިދާޅުވަމުން ނުގެންދަވާ ކަމަށެވެ.

"ނުހުންނަ ސިފައެއް އެއީ އިނގޭތޯ މީހުންނާ ދިމާލަށް ދިމާކޮށް އެއްޗެހި ކިޔުމަކީ. އެއްވެސް އިރެއްގައި (އެކަހަލަ ކަންތައް) ކުރައްވާ ބޭފުޅެއް ނޫން އިބޫ އަކީ،" ފަޒުނާ ވިދާޅުވި އެވެ.

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާ އެވާހަކަ ލަފައަކަށް ފަޒުނާ އަރިހުގައި އައްސަވާފައިނުވާ ކަަމަށާއި ނަމަވެސް ރައީސަކަށް ދެ ދައުރަކަށް ކުރިމަތިލެއްވޭނެ ކަމަށް ގާނޫނު އަސާސާގައި ބަޔާންކޮށްފައިވާތީ ދެވަނަ ދައުރަށް ރައީސް ސޯލިހް ކުރިމަތިލެއްވުމަކީ ސަޕްރައިޒަކަށް ވެގެން ނުދިޔަ ކަމަށް ވިދާޅުވި އެވެ.

ފަޒުނާގެ ވާހަކަފުޅު ނިއްމާލައްވަމުން ވިދާޅުވީ ރައީސް ސޯލިހަށް އިތުބާރު ކުރުމަށާއި މިހާތަނަށް ވައުދުވެ ވަޑައިގެންނެވި ކަމެއް ވެއްޖެއްޔާ ރައީސް ސޯލިހް އެކަމެއް ކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޓީޗަރުންނަށް ދެއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ދެވަނަ ދައުރެއްގައި ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ. އަދި ހުރިހާ ޕްރޮފެޝަނެއް ހިމެނޭ ގޮތަށް ރައީސް ސޯލިހަށް އިތުބާރުކޮށް އަންނަ ހޮނިހިރު ދުވަހު ހެނދުނުހެނދުނުނާ ނިކުމެ ރައީސް ސޯލިހަށް ވޯޓް ދެއްވުމަށް ފަޒުނާ އެދިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *