ކޮވިޑް19 ޖެހިގެން 19 ވަނަ މީހާ މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން މިއަދު ހެނދުނު މަރުވީ އުމުރުން 80 އަހަރުގެ އަންހެނެއް ކަަމަށެވެ.
ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 4293 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1490 އެބައުޅެ އެވެ. ކޮވިޑް19 ޖެހިގެން މިހާތަނަށް 2670 މީހުން ރަނގަޅު ވެފައިވާއިރު 92 މީހަކަށް ހޮސްޕިޓަަލްތަކުގައި ގެންދަަނީ ފަރުވާދެމުންނެވެ.



advertisment