Support Us

ޑިޕްލޮމާ ފެންވަރުގެ ރޭޑިއޯގްރަފީ ކޯހެއް އެސްޓީއޯ.ޖީއީ ސްކިލް ލެބްގައި ފަށަނީ

ޑިޕްލޮމާ ފެންވަރުގެ ރޭޑިއޯގްރަފީ ކޯހެއް އެސްޓީއޯ.ޖީއީ ސްކިލް ލެބްގައި އަންނަ ސެޕްޓެމްބަރު މަހު ފަށަން ހަމަޖައްސައިފިއެވެ.

ދެ އަހަރާއި ހަ މަސް ދުވަހަށް ހިންގާ މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިއީ ލެވެލް ފަހެއް، ޑިޕްލޮމާ ފެންވަރުގެ ކޯހެއް ކަމަށާއި ކޯހުގެ ކިޔެވުން ކުރިޔަށްދާނީ ދެ އަހަރަށް ކަމަށާއި އިންޓަރންޝިޕް މުއްދަތަކީ ހަ މަސް ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

މި ކޯހަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ސައިންސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވުމެވެ. އަދި މި ކޯހުގެ ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 ކުދިންގެ ކޯސްފީ ހަމަޖައްސައިދޭނީ އެސްޓީއޯއިން ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

މި ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ހުޅުވި އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓް އަދި 2021 ވަނަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯ.ޖީއީ ސްކިލް ލެބްގައި ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.