Support Us

އެއްވެސް ޤައުމަކަށް މި ރޭ ހަނދެއް ނުފެންނާނެ، ގިނަ ޤައުމުތަކަށް ޢީދު ވާނީ ހޯމައަށް

ބައިނަލްއަޤްވާމީ ފަލަކީ މަރްކަޒު ބުނާގޮތުގައި އިސްލާމީ ގިނަ ޤައުމުތަކަކުން މި އަހަރު ރޯދަ ހިފަން ފަށައިފައި ވަނީ 2 އެޕްރީލް ވީ ހޮނިހިރު ދުވަހުއެވެ. މި ޤައުމުތަކުން މި ރޭ ހަނދު ބަލާނެއެވެ. އެހެނަސް  އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ބްރޫނާއި އާއި އިންޑިޔާއާއި ޕާކިސްތާނާއި ބަންގްލަދޭޝާއި އީރާނާއި ޢުމާނާއި އުރްދުނާއި މަޣްރިބާއި ޣާނާފަދަ ޤައުމުތަކުން ރޯދަ ހިފަންފަށާފައި ވަނީ 3 އެޕްރީލް ވީ އާދީއްތަ ދުވަހުއެވެ. އެހެންކަމުން މި ޤައުމުތަކުން ހަނދު ބަލާނީ ހޯމަ ވިލޭރޭގައެވެ.

މި މަރްކަޒު ބުނާގޮތުގައި  މި ރޭ ހަނދު ބަލާ ޤައުމުތަކަށް ހަނދެއް ނުފެންނާނެއެވެ. އެއީ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެތީއެވެ. އިޤްތިރާނު ވާނީ މިއަދު އިރު އޮއްސުމަށް ފަހުގައި ކަމަށް ވާތީއެވެ. އެހެންކަމުން މި ޤައުމުތަކުން މި ރަމަޟާން މަހު 30 ރޯދަ ފުރިހަމަކުރާނެއެވެ. މި ޤައުމުތަކަށް ޢީދު ވާނީ މި އަންނަ ހޯމަ ދުވަހުއެވެ.

މިޞްރުގެ ފަލަކީ ދިރާސާތަކާ ބެހޭ ޤައުމީ މަރްކަޒުގެ ރައީސް ޖާދުލް ޤާޟީ ވިދާޅުވާ ގޮތުގައި ޝައްވާލު މަހުގެ ހަނދު އުފަންވާނީ މިރޭ މިޞްރު ގަޑިން 10 ގަޑި 28 މިނެޓުގައެވެ. އެހެންކަމުން މި ރޭ ހަނދު ފެނުމަކީ މުސްތަޙީލު ކަމެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އިސްލާމީ ޤައުމުތަކާއި ޢަރަބި ޤައުމުތަކަށް މި ރޭ ހަނދެއް ނުފެންނާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަކީ ގޮތުން މާދަން (އާދީއްތަ) ވާނީ ރަމަޟާން މަސް ފުރިހަމަ ކުރާ ދުވަހަށެވެ. ޢީދު ވާނީ ހޯމަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
122
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *