Support Us

ފޭސް ދޭއްގައި ދެ ސުކޫލް އަޅަން އެޑިއުކޭޝަނަށް ބިން ދީފި

ހުޅުމާލެ ފޭސް ދޭއްގައި ދެ ސުކޫލް ގާއިމްކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ބިން ދީފިއެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިއަދު ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. އެޗްޑީސީގެ ފަރާތުން، މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

އެޗްޑީސީން ބުނީ ސްކޫލަށް ހާއްސަކޮށްފައިވާ ޕްލޮޓް N4-23 އަކީ 65،534 އަކަފޫޓުގެ ބިމެއް ކަމަށާއި އެތަނުގައި އިމާރާތްކުރާނީ 1،500 ކުދިން ސްކޫލެއް ކަމަށެވެ. އަދި ޕްލޮޓް N5-32 އަކީ 60،720 އަކަފޫޓުގެ ބިމެއް ކަމަށާއި އެތަނުގައި އިމާރާތްކުރާނީ 1،200 ކުދިން ސްކޫލެއް ކަމަށެވެ.