ހުޅުމާލޭގައި ޕާކިންގ ބިލްޑިންގެއް ޤާއިމު ކުރުމަށް ދަމާސް ކޮމްޕެނީއާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި އެޗް.ޑީ.ސީން މިއަދު ސޮއިކޮށްފިއެވެ.
އެޗް.ޑީ.ސީން ބުނީ މި އިމާރާތަކީ ހުޅުމާލޭގެ ރަށްވެހީންނާއި ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިމާރާތްކުރާ ތަނެއް ކަމަށެވެ.
މި އެއްބަސްވުމުގައި ދަމާސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސާލިޙެވެ. އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ.
މި އެއްބަސްވުމުގެ ދަށުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕާކިންގ ބިލްޑިންގައި ސައިކަލު އަދި ކާރު ޕާކް ކުރެވޭނެއެވެ. އަދި މި ބިލްޑިންގ ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލާ ދިމާލުން ހުންނަ އޯޝަން ފްރަންޓުގެ ފަހަތުގައި ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.



advertisment

