Support Us

ސައިކަލް ވިޔަފާރީގައި ލިޓަސް އިން މަކަރު ހަދާ ކަމަށް ބުނެ އާންމުންގެ ޝަކުވާ އޮހެނީ

ސައިކަލެއް ނަގަން ބޭނުންތޯ އަހައި، ލިޓަސް އޮޓޯމޯބައިލްގެ ފޭސްބުކް ޕޭޖުގައި އިޝްތިހާރު ކުރުމުން، އާންމުންގެ ގިނަ ބަޔަކު ލިޓަސްއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޝަކުވާ އޮއްސަމުން އެބަގެންދެއެވެ. ބައެއް މީހުން ބުނަމުންދަނީ ލިޓަސްއަކީ އިތުބާރުކުރެވޭ ބައެއް ނޫން ކަމަށާއި ސައިކަލް ނަގަން ފައިސާ ދައްކާ ހަލާސްވާތާ އެތައް އަހަރެއްވާއިރުވެސް ރަޖިސްޓްރީ އަތަށް ނުލިބޭ ކަމަށާއި އަދި އެއްފަހަރާ ފައިސާ ދެއްކުމުން ވެސް ސައިކަލް އަތަށް ނުލިބޭ ކަމުގެ ޝަކުވާއެވެ.

ތިރީގައި މި ވަނީ ލިޓަސް އާ ބެހޭ ގޮތުން ބައެއް މީހުން ފާޅުކޮށްފައިވާ ހިޔާލާއި އޭގެ ބައެއް ސްކްރީން ޝޮޓެވެ.

  • އަހުމަދު އަފުރާހު: ތިން މަސްވެއްޖެ. ވީކަމެއް ހަރާން. ފުލް ޕޭމަންޓް ދެއްކިން. ސައިކް ލިބެން ކިޔާ ޑޭޓް ދަނީ އެހެންމިހެން ގިނަވަމުން. ލިބޭނެ ކަމެއް ވެސް ނޭނގޭ. މިހާރު އަހަރެން ލިޓަސް އަށް ސައިކަލް އާއި އެއަށް ދެއްކި ފައިސާ ހިބަކޮށް ދޭހާވެސް ހިތްހަމަނުޖެހިފައި މިހުރީ.
  • ސައްލެ ސައްލޭ: ތިޔަ މަކަރުވެރި ދަލުގައި މީހުން އަބަދަކު ނުޖެއްސޭނެ. އެއްވެސް މީހަކަށް ރަޖިސްޓްރީއެއް ނުދޭ. ތިތަނުން ސެކަންޑް ހޭންޑް ސައިކަލެއް ގަތީމަ 2 އަހަރު ވަރު ނަގާ ރަޖިސްޓްރީ ލިބެން. ފުލް ކޭޝް އަށް 1 އަހަރު.
  • ލަރެކްސް: ދެ އަހަރޭ؟ މަ ސައިކަލް ޕޭމަންޓް ނިންމިތާ ތިން އަހަރު ވެއްޖެ. އަދިވެސް ރަޖިސްޓްރީ ނުދޭ.
  • އަހުމަދު އަފުރާހު: ނޫޅެން. ދުވަސް ދީދީ ގޮސް މިހާރު އެންމެ ފަހުން ޑެޑްލައިން ޑޭޓަށޯ ލިބޭނީ. ދެން ނޭނގޭ އެ ދުވަހު ބުނާނެ އެއްޗެއް.
  • އަހުމަދު ގައްސާން: ޝަކުވާ ނޫން އެއްޗެއް މިތާކު ނެތް. ސާބަހޭ ލިޓަސް
  • ޒާހިދު މުހައްމަދު: ކޮބާ މިކަމުގައި ލިޓަސްގެ ބަހަކީ؟ މީހުންގެ ކޮންބޮޑުވުންތަކަށް ދޭނެ ޖަވާބެއްވެސް ނެތީދޯ؟ މީ ފުކެއް ބޮޑުވަރުތާދޯ!
  • މުހައްމަދު އިނާޒު އިނާޒު: ކޮމެންޓްތައް ކިޔައިފައި ފޫހިވެއްޖެ ލިޓަސް މަތިން
  • މުހައްމަދު ޒާހިދު: މުޅިން އޮޅުވާލައި ދޮގު ހަދާ ބައެއް. ހެޔޮނުވާނެ މި މީހުން އަތުން ނަގާކަށް.
  • ސާމިރު ހަސަން: ބޭނުމެއް ނޫން. ތީ ބޮޑު ބަލާވެރިކަމެއް.
  • އާދަމް އާދިލް. ފުރަތަމަ މީހުން ރުފިޔާ ދައްކައި ނިންމާފައި ހުރި ސައިކަލްތަކުގެ ރަޖިސްޓްރީ ހަވާލުކޮށްބަލަ.
  • އަހުމަދު އަހުމަދު: ކޮބާހޭ ރަޖިސްޓްރީ ސައިކަލްގެ؟ މިހާރު ހަތަރު މަސް ވެގެން ދިޔައީ. މޮޅެތި އެޑްވަޓައިޒްމަންޓް ނުކޮށް ރަޖިސްޓްރީ ހަވާލުކުރަން އުޅޭ.
  • އައިޝަތު ޒުހޭރާ: ފުލް ޕޭމަންޓް ދެއްކި ފަހުން 2 އަހަރު. އަދިވެސް ރަޖިސްޓްރީއެއް ނުލިބޭ. މުޅިން މަކަރުން ރުފިޔާ ކާ ބައެއް.