Support Us

"ސޭވް އެނާޖީ" ކުޑަކުދިންގެ ހަވީރެއް ރޮބޯމޭނާއެކު މާދަމާ ހަވީރު ހުޅުމާލޭގައި

މި އަހަރުގެ ހޫނުގަދަ ދުވަސްވަރާ ދިމާކޮށް، ކަރަންޓު އިގްތިސާދު ކުރުމަށް ބާރުއަޅައި، ސްޓެލްކޯއިން ހިންގާ ސޭވް އެނާޖީ ކެމްޕެއިންގެ ދަށުން ވަރަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ހުޅުމާލޭގައި މާދަމާ ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މާދަމާ ހަވީރު 4.30 އިން 6.30އަށް ސެންޓްރަލް ޕާކްގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި ތަފާތު އެކި ހަދިޔާތައް ބަހަމުންދާނެއެވެ.

އަދި ތަފާތު ކުޅިވަރުތަކުގެ އިތުރުން، ރޮބޯމޭންގެ ހުށަހެޅުންތަކާއި އޭނާޖީ ސޭވިން އެލްއީޑީ ބޮކި ބެހުމަށް ވެސް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.