ސައިކަލެއް ވަގަށް ނަގައިފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ ޖުލައި 31 ވަނަ ދުވަހުގެ ވަގުތެއްގައި ގުލްހަޒާރުގޯޅީގައި ޕާކްކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު 485623 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment