ގެއަކުން ފޯނެއް ވަގަށް ނަގައިފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ ޖުލައި 11 ވަނަ ދުވަހުގެ ވަގުތެއްގައި މ. ސިލްވާރޝާކް ގެއިން ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި މަޑުމަޑުން ހިނގައިފައި އައިސް ގެއަކަށް ވަންނަ ތަނާއި އަދި ފަހުން ޖީބަށް އެއްޗެއް ލަމުން ވަރަށް ބާރަށް ދުވެފައި ދެއެވެ.
"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު 491795 ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment