ހުޅުމާލޭ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން 13 އަދި 14 ވަނަ ޓަވަރަށް މިއަދު ގުޅުން ދޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ތާވަލްކޮށްފައި ވަނީ، ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓު ހިމެނޭ ޓަވަރުތަކުގެ ތެރެއިން ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ކަމަށާއި މިގޮތުން މިހާރު ވަނީ 5، 6، 7، 8، 11، 12، 13 އަދި 14 ވަނަ ޓަވަރަށް ގުޅުން ދީފައި ކަމަށެވެ.
ސްޓެލްކޯ އިން ބުނީ 13 އަދި 14 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާންޖެހޭ ގަޑި އެސް.އެމް.އެސް މެދުވެރިކޮށް އަންގާނެ ކަމަށާއި ތަޅުދަނޑިއާއި ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު ޓަވަރުތަކަށް ގަޑިއަށް ހާޒިރުވުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9 ން ހަވީރު 5 އަށް ކުރިޔަށްދާނެ ކަމަށެވެ.
ފްލެޓްތަކަށް ކަރަންޓު ދެމުން ދާވަރަކަށް ބައެއް މީހުން ވަނީ ފްލެޓްތައް ނިންމުމުގެ މަސައްކަތް ފަށައިފައެވެ. ކަރަންޓު ގުޅައިނުދޭ ފްލެޓްތަކުގައި މަސައްކަތް ކުރުމަކަށް ހުއްދައެއް ނުދެއެވެ.



advertisment