އެވިޑް ކޮލެޖްގައި އާޓްސް އެންޑް ލިޓްރޭޗަރގެ ނަމުގައި ފެކަލްޓީއެއް އުފައްދައި، އެ ފެކަލްޓީގެ ޑީން ކަމުގެ މަގާމަށް ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ ހަމަޖައްސައިފިއެވެ.
އެކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އަޝްރަފަށް ޑީންގެ މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސްކަމުގައި ފަސް އަހަރުގެ ދެ ދައުރު ފުރިހަމަކުރެއްވުމަށްފަހު އަޝްރަފު އެ މަގާމުން ވަކިވެވަޑައިގަތީ މި މަހުގެ ކުރީކޮޅުގައެވެ.
އެވިޑް ކޮލެޖަކީ މަތީ ތައުލީމުގެ ކޯސްތައް ތަފާތު ދާއިރާތަކުން ހިންގާ ކޮލެޖެކެވެ. އެވިޑްގެ ކޯސްތައް މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ކުރިއަށް ގެންދެއެވެ.



advertisment