ފަރީދީމަގުގައި ހުންނަ ސްޓެލްކޯ ސަބް ސްޓޭޝަނަށް ގެއްލުންދީ ކަރަންޓު ނަރުތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު:
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ކ. ގުރައިދޫ، ރެއިންސް، މުޙައްމަދު ޝިހާބު އިބްރާހީމް (30 އަހަރު)
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A284553
ހާޒިރުކުރެވޭ ހައިސިއްޔަތު: 2021 ޖޫން 12 ވަނަ ދުވަހު 01:32 އެހައިކަންހާއިރު ފަރީދީމަގުގައި ހުންނަ ސްޓެލްކޯ ސަބް ސްޓޭޝަނަށް ގެއްލުންދީ ކަރަންޓު ނަރުތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 ޖުލައި 14 ވަނަ ދުވަހުގެ 10:00 އަށް



advertisment