Support Us

ސްޓެލްކޯ ސަބް ސްޓޭޝަނަކަށް ގެއްލުންދީ ކަރަންޓު ނަރުތަކެއް ވަގަށް ނެގި މީހަކު ތަހުގީގަށް ހޯދަނީ

ފަރީދީމަގުގައި ހުންނަ ސްޓެލްކޯ ސަބް ސްޓޭޝަނަށް ގެއްލުންދީ ކަރަންޓު ނަރުތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު: 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ކ. ގުރައިދޫ، ރެއިންސް، މުޙައްމަދު ޝިހާބު އިބްރާހީމް (30 އަހަރު)

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A284553

ހާޒިރުކުރެވޭ ހައިސިއްޔަތު: 2021 ޖޫން 12 ވަނަ ދުވަހު 01:32 އެހައިކަންހާއިރު ފަރީދީމަގުގައި ހުންނަ ސްޓެލްކޯ ސަބް ސްޓޭޝަނަށް ގެއްލުންދީ ކަރަންޓު ނަރުތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 ޖުލައި 14 ވަނަ ދުވަހުގެ 10:00 އަށް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް