އައްޑޫސިޓީ ހިތަދޫ އެވްރިވަން ލަރނިންގ ސެންޓަރުން ވަގަށް ނެގި ކޮމްޕިއުޓަރު ސިސްޓަމެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެވްރިވަން ލަރނިންގ ސެންޓަރުން ކޮމްޕިއުޓަރ ސިސްޓަމަކާއި އިލެކްޓްރޯނިކްސް ސަމާނު ވަގަށް ނަގައިގެން މި މަހު 24 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން ހިދަތޫގެ ދެ ގެއެއް ބަލައި ފާސްކުރިއިރު، ގެއްލުނު ތަކެތި އެ ދެ ގެއިން ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ހިދަތޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



advertisment