Support Us

ނަފުރަތުގެ ބިލަކީ ދީނަށް ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް ބަސްބުނުން މަނާކުރާ ބިލެއް: ކުރެންދޫ ޖަމިއްޔާތައް

ނަފުރަތުގެ ބިލަކީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންގެ ޢަމަލުތަކަށް ހިތްވަރުދީ އެފަދަ ޢަމަލު ކުރާ މީހުންނާ ދެކޮޅަށް ދިވެހިންނަށް ބަސްބުނުން މަނާކުރުމަށް ހުށައެޅި ބިލެއް ކަމަށާއި އެ ބިލް ފާސްނުކޮށް ފޮނުވާލުމަށް، ޅ. ކުރެންދޫގައި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންނަށް ގޮވާލައިފިއެވެ.

ދެހާހަށްވުރެ ގިނަ މީހުން އުޅޭ ކުރެންދޫގެ ތިން ޖަމިއްޔާ ކަމަށްވާ އީނާލް ފައުންޑޭޝަނާއި ކުރިމަގު ފައުންޑޭޝަނާއި ކުރެންދޫ ޑިވްލޮޕްމަންޓު ކްލަބު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ނަފުރަތުގެ ޢަމަލުތައް ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލް ޢުޤޫބާތުގެ 124 ވަނަ މާއްދާއަށް ސަރުކާރުން ހުށަހަޅައިފައިވާ އިސްލާހްތައް ފާސްވެއްޖެނަމަ، "މުޅި އިސްލާމީ ދަޢުވަތަށް ގޮންޖެހުންތައް ކުރިމަތިވާނެ" ކަމަށް އެ ޖަމުޢިއްޔާތަކުން ދެކޭ ކަމަށެވެ.

"މިގޮތުން މި ބިލަކީ އިސްލާމް ދީނާ ދެކޮޅު ސެކިއުލަރ ފިކުރުގެ ދިވެހިންނާއި ބޭރުގެ އެފަދަ މީހުންނަށް ހިތްވަރުދޭ ބިލެކެވެ. މި ބިލް ފާސްވެއްޖެނަމަ، މި ދިވެހި ފަސްގަނޑުގައި އިސްލާމްދީން ދިފާޢުކޮށް، މުންކަރާތްތައް ނަހީކޮށް، ދިވެހި ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމުގެ ނިޔަތުގައި ވެސް އެއްޗެކޭ ބުނުމުގެ ފުރުސަތު ބަންދު ވެގެންދާނެއެވެ. ދިވެހިންގެ ދުލާއި ޤަލަމުގައި ކަސްތޮޅުއެޅިގެންދާނެއެވެ." އެ ބަޔާނުގައިވެއެވެ.

"މިއީ އެއްވެސް ހާލެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ހުއްޓުވުމަށް ނުވަތަ ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ހުށައެޅިފައިވާ ބިލެއް ކަމުގައި މިޖަމްޢިއްޔާތަކުންނުދެކެވެ. މިއީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންގެ ޢަމަލުތަކަށް ހިތްވަރުދީ އެފަދަ ޢަމަލު ކުރާ މީހުންނާ ދެކޮޅަށް ދިވެހިންނަށް ބަސްބުނުން މަނާކުރުމަށް ހުށައެޅި ބިލެއްކަމުގައި ދެކެމެވެ. ވީމާ ދަންނަވަމެވެ. މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފާޑުކިޔުންތައް އަމާޒުވެފައިވާ، އަދި އިސްލާމް ދީނަށް ލޯބިކުރައްވާ ހުރިހާ ޢިލްމުވެރިން ވެސް މިބިލާ މެދު އެއް ވިސްނުމެއްގައި މި ބިލް ފާސްނުކުރުމަށް ގޮވާލަމުންދާއިރު، ހަމަ އެ މޭރުމުން މި ބިލް ފާސްނުކޮށް ފޮނުވާލުމަށް ރައްޔިތުންގެ މަޖްލިސްގެ އެންމެހާ މެމްބަރުންނަށް ގޮވާލަމެވެ."

ނަފުރަތުގެ ޢަމަލުތައް ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތު އިސްލާހު ކުރުމަށް ސަރުކާރުން ހުށަހަޅައިފައިވާ ބިލް ފާސްނުކުރުމަށާއި އެ ބިލް އަނބުރާ ގެންދިއުމަށް އެދި މިހާތަނަށް އެއް ސިޓީ ކައުންސިލާއި ތިން އަތޮޅު ކައުންސިލާއި 100 ރަށު ކައުންސިލުން ޖުމްލަ 509 ކައުންސިލަރުން ސޮއިކޮށް ވަނީ ބަޔާންތައް ނެރެފައެވެ. އަދި ހިލޭސާބަހަށް މަސައްކަތްކުރާ އެތައް ޖަމިއްޔާތަކަކުން ވެސް ވަނީ ބަޔާންތައް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އަޅުގަނޑު ކައުންސިލް އިނތިޚާބުގައި އެމްޑީޕީ މެންބަރުންނަށް ވޯޓު ނުދިނީ އެމްޑީޕީގެ މެންބަރެއްނަމަ، ލާދީނިއްޔަތާ ދެކޮޅަށް އަޑު އުފުއްލާކަށް ނުކެރޭނެތީ. އެމްޑީޕީ އަޣުލަބިއްޔަތު އޮންނަ ނުވަތަ އެމްޑީޕީގެ ރައީސަކު ހުންނަ ކައުންސިލަކުން ސަރުކާރުގެ ލާދީނީ ސިޔާސަތަށް ދެކޮޅެއް ނަހަދާނެތީ. އެ މީހުންނަށް ދީނާއި ޤައުމިއްޔަތަށްވުރެ މުހިންމު ވަނީ އެމްޑީޕީގެ ލާދީނީ ފިކުރު. ރައްޔިތުން ވޯޓު ދޭންވީމާ 500 ރުފިޔާއަށް 1000 ރުފިޔާއަށް ހެއްލިގެން މި ނުކުތާ ހަނދާން ނައްތައިލުމަކީ މިއަދު ދިވެހި ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މުޞީބާތެވެ. މާތް ﷲ ދިވެހީންނަށް ހެޔޮ ވިސްނުންދެއްވުން އެދި ދުޢާކުރަމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް